ހެޔޮ އެހާ އެކުވެރި ކަމާ އެކުވެސް އެކީގައި އުޅުނު ދެ މިތުރު
ހެޔޮ ނުވާނޭ! ވެރިކަމާ ހެދި ވާކަށެއް ތިވަރަށް ހަތުރު
ވިހި އެކާވީސް އަހަރު އެއްޕާޓީ ތެރޭ "ގަނތްހާ ގަނޑާ"
ހިންގި ގިނަ ކަންތައް ތަކެއް ބޭޒާރު ކުރުމުން ހަޑި ހުތުރު
ހާދަ ގިނަގުނަ ސިއްރުތައް ހުންނާނެ ރައްކާ ކުރެވިފައި،
ފައުޅު ކޮށް ބޭޒާރު ކުރުމުން ހާމަވާ މިންވަރު އިތުރު
"ކޭ ތަކެއްޗާ ބުއި ތަކެއްޗާ ހިންގިހާ އެތަކެއް ޖަރީމާ"
ނޭނގި ރައްކާ ކުރެވިފައި ވާނަމަ ކުރަން ވާނީ ޝުކުރު
ފައުޅުގައި "ކަނޑި ބޯމަތިން ހޫރާ ޖަހާއިރު" ވިސްނަވާތި
ހާދަގިނަ ބައެކޭ، ދަނީ އަދު ތިޔަ ކަމާ ކުރަމުން ފިކުރު
"ކޮޅު ގޮހޮރުގައި ހަޖަމުނުވެ އެތަކެއް އަހަރުވީހާ ތަކެތި
ހޮޑު ލުމުން މަންޒަރު ބަލަން ތިބިހާ ބަޔަކު ގަނެޔޭ ފަކުރު"



advertisment