Support Us

ކައު ރަސޫލާއަށް ޚާއްޞަ 100 އިމްތިޔާޒު

ﷲ  ސުބްޙާނަހޫ ވަ ތަޢާލާ ކީރިތި ރަސޫލާ ﷺ އަށް އެހެން އެއްވެސް ރަސޫލުބޭކަލަކަށް ދެއްވައިފައިނުވާ ޚާއްޞަ އެތައް އިމްތިޔާޒުތަކެއް ދެއްވައިފައި ވެއެވެ. މި ލިޔުމުގައި މީގެތެރެއިން 100 ކަމެއް ފާހަގަކޮށްލާނަމެވެ.

 ދުނިޔެމަތީގައި ދެއްވައިފައިވާ ބައެއް އިމްތޔާޒުތައް

  • ކީރިތި ރަސޫލާ ﷺގެ ނަބީކަމާމެދު އެހެން ހުރިހާ ނަބީބޭކަލުންގެ ކިބައިން ޢަހްދު ހިއްޕެވުން
  • ކީރިތި ރަސޫލާ ﷺ އާ ބެހޭ ފުރިހަމަ މަޢުލޫމާތު ފޮތުގެ އަހްލުވެރީންނަށް ދެއްވައިފައިވުން
  • އާދަމުގެފާނު ހެއްދެވުމުގެ ކުރިން އެކަލޭގެފާނުގެ ނަބީކަން ލިޔުއްވައިފައިވުން
  • އެންމެ ފުރަތަމަ މުސްލިމަކީ ކީރިތި ރަސޫލާ ﷺ ކަމުގައި ލެއްވުން
  • ނަބީކަން ޚަތިމުކުރެއްވި ރަސޫލާ ކަމުގައި ލެއްވުން
  • އިސްލާމްދީނުގެ ނަބިއްޔާ ކަމުގައި ލެއްވުން
  • ނަބީބޭކަލުންނަށް އެބޭކަލުންގެ ޤައުމުތަކަށްވުރެން ކީރިތި ރަސޫލާ ﷺ އައުލާކަން ބޮޑުވުން
  • މުއުމިނުންނަށް އެމީހުންގެ އަމިއްލަ ނަފްސުތަކަށްވުރެން ކީރިތި ރަސޫލާ ﷺ އައުލާކަން ބޮޑުވުން
  • ކީރިތި ރަސޫލާ ﷺ ގެ އަނބިއަނބިކަނބަލުން މުއުމިނުތަކުންގެ މައިންކަމުގައި ލެއްވުން
  • ﷲ އެކަލާނގެ އަޅުންނަށް ދެއްވި އިނާމެއް ކަމުގައި ކީރިތި ރަސޫލާ ﷺ ލެއްވުން
  • އާދަމުދަރީންގެ ސާހިބާކަމުގައި ކީރިތި ރަސޫލާ ﷺ ވުން
  • ކީރިތި ރަސޫލާ ﷺ އަށް ކިޔަމަންގަތުމާއި ބައިޢަތު ހިފުމަކީ ހަމަ ﷲ ތަޢާލާއަށް ކިޔަމަންގަތުމާއި ބައިޢަތު ހިފުން ކަމުގައިވުން
  • ކީރިތި ރަސޫލާ ﷺ އަށް އީމާންވުން ﷲ ޖައްލަ ޖަލާ ލުހޫ އަށް އީމާންވުމާ ގުޅުއްވައިފައިވުން
  • ކީރިތި ރަސޫލާ ﷺ ޢާލަމުތަކަށް ރަޙްމަތެއްކަމުގައި ވުން
  • ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ އުންމަތަށް އަމާނެއް ކަމުގައި ލެއްވުން
  • ކީރިތި ރަސޫލާ ﷺ ގެ ރިސާލަތު މުޅި ދުނިޔެއަށް ޢާންމު ރިސާލަތެއްކަމުގައި ލެއްވުން
  • ކީރިތި ރަސޫލާ ﷺ ރައްކައުތެރިކޮށް ދެއްވުމުގެ ޖާމިނުކަން މާތްﷲ ދެއްވުން
  • ކީރިތި ރަސޫލާ ﷺ ގެ ދީން ރައްކައުތެރިކުރައްވާނެކަމުގެ ޖާމިނުވުން މާތްﷲ ދެއްވުން
  • ކީރިތި ރަސޫލާ ﷺ ގެ ޙަޔާތްޕުޅު ގަންދެއްވާ މާތްﷲ ބަސް ވަޙީކުރެއްވުން
  • ކީރިތި ރަސޫލާ ﷺ ގެ އުފަން ރަށް ގަންދެއްވައި މާތްﷲ ބަސްވަޙީ ކުރެއްވުން
  • ކީރިތި ރަސޫލާ ﷺ ގެ ނަންފުޅުން މުޚާޠަބު ނުކުރެއްވުން
  • ނަބީބޭކަލުންގެ ލިސްޓުގައި ކީރިތި ރަސޫލާ ﷺ ގެ ނަންފުޅު އެންމެ ފުރަތަމަ ގެންނެވުން
  • ކީރިތި ރަސޫލާ ﷺ ގެ ނަންފުޅުން އެކަލޭގެފާނަށް ދެންނެވުން ނަހީކުރެއްވުން
  • ކީރިތި ރަސޫލާ ﷺ ގެ އަޑުފުޅުގެ މައްޗަށް އަޑު އުފުލުން މަނާކުރެއްވުން
  • ކީރިތި ރަސޫލާ ﷺ ނޫރެއް ކަމުގައި ލެއްވުން
  • މިޢުރާޖު ދަތުރުފުޅުގައި ﷲ ސުބްޙަނަހޫ ވަ ތަޢާލާ އެއްވެސް ފަރާތެއް މެދުވެރި ނުކުރައްވާ ނަމާދު ފަރްޟު ކުރެއްވުން
  • ކީރިތި ރަސޫލާ ﷺ އަށް ދެއްވި އިސްރާއާއި މިޢުރާޖު ދަތުރުފުޅު. މިފަދަ ދަތުރުފުޅެއް އެހެން ރަސޫލަކަށް ދެއްވައިފައެއް ނުވުން
  • ކީރިތި ރަސޫލާ ﷺ ގެ މައްޗަށް ޞަލަވާތް ކިޔެވުން ފަރްޟު ކުރެއްވުން
  • ﷲ ތަޢާލާ ކީރިތި ރަސޫލާ ﷺ އަށް ދެންނެވުނު ސުވާލުތަކަށް ޖަވާބުދެއްވުން
  • ﷲ ޖައްލަ ޖަލާލުހޫ ކީރިތި ރަސޫލާ ﷺ އަށް ޓަކައި ހުވާބަސްފުޅު ވަޙީ ކުރެއްވުން
  • ކީރިތި ރަސޫލާ ﷺ ގެ އިސްވެދިޔަހާ ފާފަތަކާއި ކުރިއަށް އޮތްހާ ފާފަތައް ފުއްސަވާ ދެއްވުން
  • ކީރިތި ރަސޫލާ ﷺ ގެ ބައެއް ދުޢާފުޅުތަކަށް އިޖާބަދެއްވުން ޤިޔާމަތްދުވަހާ ހަމައަށް ފަސްކުރެއްވުން
  • ކީރިތި ރަސޫލާ ﷺ އަށް جوامع الكلم ދެއްވުން. އެއީ އޭގައި ގިނަ މާނަތަކެއް ހިމެނޭ ބަސްފުޅުތައް މަދު ބަސްފުޅުތަކަކުން ޙަދީސްކުރެއްވުމުގެ ޤާބިލުކަން ދެއްވުން.
  • ކީރިތި ރަސޫލާ ﷺ އަށް ދުނިޔޭގެ ޚަޒާނާތަކުގެ ތަޅުދަނޑިތައް ދެއްވުން
  • ކީރިތި ރަސޫލާ ﷺ ގެ އަރިހުގައި އުޅުނު ޖިންނި އެކަލޭގެފާނަށް އީމާންވެ އިސްލާންވުން
  • ކީރިތި ރަސޫލާ ﷺ ގެ ދުޝްމަނުންނަށް ބިރުދައްކަވައިގެން ނަޞްރުދެއްވުން
  • ކީރިތި ރަސޫލާ ﷺ ގެ ރިސާލަތަށް މާތް ﷲ ހެކިވެވޮޑިގަތުން
  • ކީރިތި ރަސޫލާ ﷺ ގެ ރިސާލަތަށް ﷲގެ މަލާއިކަތުން ހެކިކުރެއްވުން
  • ކީރިތި ރަސޫލާ ﷺ ބައިތުލް މަޤްދިސްގައި ނަބީބޭކަލުންނާއެކު އިމާމުވެ ވަޑައިގެން ނަމާދު ކުރެއްވުން
  • ކީރިތި ރަސޫލާ ﷺ ދުނިޔޭގައި އުޅުއްވި ސައްތަ އާދަމުގެ ދަރީންގެ އެންމެ ހެޔޮކަން ބޮޑު ސައްތަ ކަމުގައި ލެއްވުން
  • ކީރިތި ރަސޫލާ ﷺ ގެ ގެކޮޅާއި މިންބަރުކޮޅާ ދެމެދުގައިވާ ތަން ސުވަރުގޭގެ ބަގީޗާތަކުން ބަގީޗާއެއް ކަމުގައި ލެއްވުން
  • ކީރިތި ރަސޫލާ ﷺ އަށް ދެއްވި މުޢުޖިޒާތްތަކުގެ ތެރޭގައި ހަނދު އިރުއްވުން
  • ކީރިތި ރަސޫލާ ﷺ އަށް އެކަލޭގެފާނުގެ ފުރަގަހުން އެއްޗެހި ފެނިވަޑައިގަތުން
  • ކީރިތި ރަސޫލާ ﷺ އަށް ހުވަފެންފުޅުގައި ފެނިވަޑައިގަންނަވާ ކަންތައްތައް ޙަޤީޤަތް ކަމުގައި ލެއްވުން
  • ކީރިތި ރަސޫލާ ﷺ ގެ ކުރީގެ ނަބީބޭކަލުންނާއި އެބޭކަލުންގެ ޤައުމުތަކުގެ ޙާލަތު މާތްﷲ ކީރިތި ރަސޫލާ ﷺ އަށް ދެއްކެވުން
  • ކީރިތި ރަސޫލާ ﷺ ގެ ނަބީކަމުގެ ސިއްކަފުޅު ކީރިތި ރަސޫލާ ﷺ ދެ ބޮނބިފަޅިފުޅު ދެމެދުގައި ލެއްވުން
  • މާތް ﷲ ކީރިތި ރަސޫލާ ﷺ އަށް ޣައިބުގައިވާ ބައެއް ކަންތައް ހާމަކޮށް ދެއްވުން
  • ކީރިތި ރަސޫލާ ﷺ ގެ މުޢުޖިޒާތެއް ކަމުގައި ކީރިތި ޤުރްއާން ލެއްވުމާއި އެ ފޮތް އާޚިރަތާ ޖެހެންދެން ރައްކައުތެރިކޮށްދެއްވާނެކަން އެންގެވުމާއި އެ ފޮތުން އިންސީންނަށާއި ޖިންނީންނަށް ގޮންޖެއްސެވުން

މާތްﷲ ކީރިތި ރަސޫލާ ﷺ އަށް އާޚިރަތްދުވަހުން ދެއްވާނެ ބައެއް އިމްތިޔާޒުތައް

  • ކީރިތި ރަސޫލާ ﷺ ހެކިވެރިއެއް ކަމުގައި ލެއްވުން
  • ކީރިތި ރަސޫލާ ﷺ އަށް ޝަފާޢަތް ދެއްވުން
  • ކީރިތި ރަސޫލާ ﷺ އަލުން ދިރުއްވާ އެންމެ ފުރަތަމަ މީހާ ކަމުގައިވުން
  • ކީރިތި ރަސޫލާ ﷺ ނަބީބޭކަލުންގެ އިމާމު އަދި ޚަޠީބުކަމުގައި ލެއްވުން
  • ކީރިތި ރަސޫލާ ﷺ ގެ ޚާއްޞަ ދިދަކޮޅުގެ ދަށުގައި ހުރިހާ ނަބީބޭކަލުން ލެއްވުން
  • އެންމެ ފުރަތަމަ ޞިރާޠު މަގު ކަޑައްތުކުރާ މީހާ ކަމުގައި ކީރިތި ރަސޫލާ ﷺ ލެއްވުން
  • ސުވަރުގޭގެ ދޮރުކޮޅުގައި އެންމެ ފުރަތަމަ ޓަކިދޭ މީހާ ކަމުގައި ކީރިތި ރަސޫލާ ﷺ ލެއްވުން
  • އެންމެ ފުރަތަމަ ސުވަރުގެ ވަންނަ މީހާ ކަމުގައި ކީރިތި ރަސޫލާ ﷺ ވުން
  • ވަސީލަތާއި[1] ފަޟީލަތް[2] ކީރިތި ރަސޫލާ ﷺ އަށް ދެއްވުން.
  • ކީރިތި ރަސޫލާ ﷺ އަށް އަލްމަޤާމުލް މަޙްމޫދު ދެއްވުން. އެއީ އެންމެ މަތިވެރި ޝަފާޢަތެވެ. އެއީ މީސްތަކުންގެ ހިސާބު ބައްލަވައި ދެއްވުން އަވަސްކޮށްދެއްވުން އެދި މާތްﷲއަށް ދަންނަވާ ދެންނެވުމެވެ.
  • ކީރިތި ރަސޫލާ ﷺ އަށް އަލްކައުޘަރު ނަމަކަށް ކިޔާ ފެން އާރު ދެއްވުން. މި އާރުން ފެން ބޯން ލިބޭ ކީރިތި ރަސޫލާ ﷺގެ އުއްމަތުގެ މީހުން މަޙްޝަރުގައި ތިބޭއިރު ފެންބޮވައިގަތުމުގެ އުނދަގުލާ ކުރިމަތިލާކަށް ނުޖެހޭނެއެވެ.
  • ކީރިތި ރަސޫލާ ﷺ އަށް އަލްޙަމްދުގެ ދިދަ ލިބިވަޑައިގަތުން. މިއީ މާތްﷲއަށް ޙަމްދު ކުރެއްވުމަށް ޓަކައި ކީރިތި ރަސޫލާ ﷺއަށް ދެއްވާ ޚާއްޞަ މަޤާމެކެވެ.
  • ﷲ ސުބްޙާނަހޫ ވަ ތަޢާލާ ޢަރްޝީގެ ކަނާތް ފަރާތުގައި ކީރިތި ރަސޫލާ ﷺ އަށް ޚާއްޞަ ގޮނޑިކޮޅެއް ލެއްވުން
  • އެންމެ ގިނަ ބަޔަކު ތަބާވާ ނަބިއްޔާ ކަމުގައި ކީރިތި ރަސޫލާ ﷺ ވުން
  • ޤިޔާމަތް ދުވަހުން ކީރިތި ރަސޫލާ ﷺ އެންމެ ފުރަތަމަ މީހުންނާއި އެންމެ ފަހު މީހުންގެ ސާހިބާ ކަމުގައި ލެއްވުން
  • ކީރިތި ރަސޫލާ ﷺ އެންމެ ފުރަތަމަ ޝަފާޢަތްތެރިވެ ވަޑައިގަންނަވާ އަދި ޝަފާޢަތް ލެއްވެވޭ ބޭކަލަކު ކަމުގައި ވުން
  • ނަބީބޭކަލުން ރައްކައުތެރިކަން ހޯއްދެވުމަށް ޓަކައި ކީރިތި ރަސޫލާ ﷺ ގެ އަރިހަށް ވަޑައިގަންނަވާ ދުވަހު މީސްތަކުންނަށް ހެޔޮ ޚަބަރު ދެއްވާ ކަލޭގެފާނު ކަމުގައިވުން
  • ކީރިތި ރަސޫލާ ﷺ ޢަރްޝި ދޮށުގައި ސަޖިދައަށް އޮންނަވާ ވަގުތު އެކަލޭގެފާނަށް ހުޅުއްވާދެއްވާ ކަންތައްތައް އެހެން އެއްވެސް މީހަކަށް އޭގެ ކުރިން ވެސް އަދި އޭގެ ފަހުން ވެސް ހުޅުވާދެވުނު ކަމެއް ކަމުގައި ނުވުން
  • ކީރިތި ރަސޫލާ ﷺގެ މިންބަރުކޮޅު އެކަލޭގެފާނުގެ ޙައުޟުކޮޅު މަތީގައި ލެއްވުން

ރަސޫލާގެ އުއްމަތަށް ދުނިޔެމަތީގައި ޚާއްޞަކޮށް ދެއްވި ކަންތައްތައް

  • ކީރިތި ރަސޫލާ ﷺގެ އުއްމަތް އެންމެ ހެޔޮ އުއްމަތް ކަމުގައި ލެއްވުން
  • ކީރިތި ރަސޫލާ ﷺގެ އުއްމަތުގެ މީހުންނަށް މުސްލިމުންގެ ނަންދެއްވުން
  • ދީން ފުރިހަމަކޮށްދެއްވުމާއި އެ އުއްމަތަށް ނިޢުމަތު ފުރިހަމަކޮށް ދެއްވުން
  • މާތް ﷲ މުސްލިމުންގެ ކިބައިން ދީނީ ބުރަތަކާއި، ކަސްތޮޅުތައް ނެތިކުރައްވައި، ލުއިކޮށް ދެއްވުން
  • މުސްލިމުންގެ ފަހަތުގައި ޢީސާގެފާނު ނަމާދު ކުރެއްވުން
  • ޣަނީމަ މުދާ ހުއްދަކޮށް ދެއްވުން
  • މުސްލިމުންގެ ސަފުތައް މަލާއިކަތުންގެ ސަފުތަކާ އެއްވަރުކުރެއްވުން
  • ބިމުން ތަޔައްމުމު ކުރެވޭނެ މަގު ތަނަވަސްކޮށް ދެއްވުން
  • ބިމުގެ ކޮންމެ ތަނެއްގައި ނަމާދު ކުރުން ހުއްދަކޮށް ދެއްވުން
  • ހުކުރު ދުވަސް ޚާއްޞަކޮށް ދެއްވުން
  • ހުކުރު ދުވަހުގައި ދުޢާ އިޖާބަ ކުރައްވާ ވަގުތުކޮޅެއް ލެއްވުން
  • ލައިލަތުލް ޤަދްރި ވިލޭރޭ ދެއްވުން
  • މި ބިންމަތީގައި ﷲގެ ހެކިވެރީން ކަމުގައި މި އުއްމަތް ލެއްވުން
  • ކުރީގެ ފޮތްތަކުގައި (ޚާޢްޞަކޮށް ތައުރާތާއި އިންޖީލުގައި) މި އުއްމަތުގެ މިސާލު ޖެއްސެވުން
  • އިސްލާމީ އުއްމަތް ނައްތައިލައި ހަލާކުކޮށްލެވޭވަރުގެ ބަޔަކު އެމީހުންގެ މައްޗަށް ވެރިނުކުރުއްވުން
  • ޢިޝާނަމާދު ޚާއްޞަކޮށް ދެއްވުން
  • ހުރިހާ ނަބީބޭކަލުންނަށް އީމާންވާ ބަޔަކު ކަމުގައި މުސްލިމުން ލެއްވުން
  • ޙައްޤު މަތީގައި ދެމިތިބޭނެ ބަޔަކު މި އުއްމަތުގެ ތެރެއިން ލެއްވުން

ރަސޫލާގެ އުއްމަތަށް އާޚިރަތްދުވަހުން ދެއްވާ އިމްތިޔާޒުތައް

  • އެހެން ނަބީބޭކަލުންގެ އުއްމަތްތަކަށް ހެކިވާނެ ބަޔަކު ކަމުގައި ލެއްވުން
  • އެންމެ ފުރަތަމަ ޞިރާޠު މަގު ހުރަސްކުރާނެ މީހުން ކަމުގައި ލެއްވުން
  • އެންމެ ފުރަތަމަ ސުވަރުގެ ވަންނަ މީހުން ކަމުގައި ލެއްވުން. މުސްލިމުން ވަދެ ނިމެންދެން އެހެން އުއްމަތްތަކުގެ މީހުން ސުވަރުގެ ނުވައްދަވާނެތެވެ.
  • ސުވަރުގޭގެ ކަނާތް ފަރާތުގެ ދޮރުކޮޅު ޚާއްޞަކޮށް ދެއްވުން
  • އެންމެ ގިނައިން ސުވަރުގެ ވަންނަ އުއްމަތްކަމުގައިވުން
  • ވުޟޫގެ ސަބަބުން މުސްލިމުންގެ މޫނާއި ދެ އަތް އަލިވެފައިވާ ބައެއް ކަމުގައިވުން
  • މަދު ޢަމަލަށް ގިނަ ސަވާބު ދެއްވުން
  • މުސްލިމުންގެ ސަބަބުން ކީރިތި ރަސޫލާ ﷺ އަށް ރުހިވަޑައިގަތުން ލިބުން
  • ﷲއަށް އުރެދުނު މީހުން ފިޔަވާ އެހެން ހުރިހާ މުސްލިމުން ސުވަރުގެ ވެއްދެވުން
  • އުއްމަތަށް ލައްވާ ޝަފާޢަތުގެ ބާވަތްތައް ގިނަވުން
  • ކާފިރުން މުސްލިމުންނަށް ވުމަށް އެދުން
  • ދުނިޔޭގައި އެންމެ ފަސްވިޔަސް ޤިޔާމަތްދުވަހުން އެންމެ އިސްވުން
  • ހިސާބު ބެއްލެވުމެއްނެތި މުސްލިމުންގެ ގިނަ ބަޔަކު ސުވަރުގެ ވެއްދެވުން
  • އެމީހުންގެ ޚާޢްޞަ ފާހަގައެއް ކަމުގައި އެމީހުންގެ ފައި ލެއްވުން
  • ސުވަރުގޭގެ ބޮޑުން ކަމުގައި އިސްލާމީ އުއްމަތުގެ މީހުން ލެއްވުން

މަޞްދަރު: كتاب تذكير المسلمين باتباع سيد المرسلين صلّى الله عليه وسلم

މުއައްލިފު: ޢަބްދުﷲ ބިން ޖާރަﷲ

[1]  – ވަސީލަތަކީ ސުވަރުގެއިން އެހެން އެއްވެސް މީހަކަށް ލިބުން އެކަށީގެން ނުވާ މަތިވެރި ދަރަޖަ

[2]  – ފަޟީލަތަކީ މާތްކަމާއި މަތިވެރިކަން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *