...

Support Us

ކޮލަމް ކޯދު: "އެއީ ބަލާ ރޮނގުވަޅުގެ މައްސަލައެކެވެ. އެންމެންގެ ވާހަކަ ވެސް ހަމަ ރަނގަޅެވެ!"

"އެކެެއްގެ ވާހަކައަކީ ދައުވަތު ދޭން އޮންނަނީ ޣައިރު މުސްލިމުންނަށްކަމެވެ. އަނެކަކުގެ ވާހަކައަކީ މުސްލިމުންނަށް ވެސް ދައުވަތު ދެވޭނޭ ކަމެވެ." ޖުހާއަށް ކިޔައިދެވުނެވެ. "އެއްބަޔަކު އެކަކަށް ތާއީދު ކުރިއެވެ. އަނެއްބަޔަކު އަނެކަކަށް ތާއީދުކުރިއެވެ. އެހެން މައްސަލަތައް ވެސް ފަދައިން މިމައްސަލަވެސްވީ ތަން ދެބައިކޮށްލި ކަމަކަށެވެ. މައްސަލައިގެ މައްޗަށް ތަހުލީލީ ނަޒަރަކުން ބެލިގެންނެއް ނޫނެވެ. އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނެއްނޫން ހެއްޔެވެ؟ ކޮންމެ މީހެއްގެ ޚުމެއިނީވެސް ބަސް ވިދާޅުވެއްޖެއެވެ. ދެން އޮންނާނީ އެމީހެއްގެ ޚުމައިނީ ދިފާއުކުރުން ނޫން ކޮންކަމެއް ހެއްޔެވެ؟" ޖުހާއަށް އިތުރަށް ކިޔައިދެވުނެވެ.

"ދެން މައްސަލައަކީ ކޮބާ ހެއްޔެވެ؟" ޖުހާ ބުންޏެވެ. "ކޮންމެ މީހަކަށް ވެސް އެމީހެއްގެ މީހާއަށް ތާއީދުކޮށް އޭނާ ދިފާއުކުރުމުގެ މިނިވަންކަން އޮންނަންޖެހޭނެ ނޫން ހެއްޔެވެ؟"

"އެންމެ ރަނގަޅެވެ. އެހެންވެއްޖިއްޔާ ޖުހާ ބުނެދީބަލާށެވެ. މިމައްސަލައިގައި ރަނގަޅު ގޮތަކީ ކޮބާހެއްޔެވެ؟"

"ތިމައްސަލައިގެ ވާހަކަ ހަނދާނަށް ގެނެސްދެނީ އަނެއްކާވެސް ވާހަކައެކެވެ. ދެބެންގެ ދެބަސްވުމެއްގެ ވާހަކައެކެވެ. ދެން ދެބެންވެގެން ބުއްދިވެރި ހަކީމެއްގެ ކައިރިއަށް ދިޔައެވެ. ރަނގަޅު ގޮތަކީ ކާކުގެ ގޮތެއްތޯ ބެލުމަށެވެ. ފަހަރަކު ކުއްޖަކު ހަކީމު ސާހިބުގެ އަރިހުގައި އޭނާގެ ގޮތް ބަޔާންކޮށްދިނެވެ. ފުރަތަމަ ބޭބެއެވެ. ހެއްކާ އެކުގައެވެ. ދެން ހަކީމު ވިދާޅުވިއެވެ. ތިވާހަކަ ރަނގަޅެވެ. ހައްގު ގޮތުގައި ވަނީ ކަލެއެވެ. ދެން ބޭބެ ވަރަށް އުފަލުން ދިޔައެވެ.

ބޭބެ ދިޔުމުން ހަކީމުގެ އަރިހުގައި ކޮއްކޮގެ ވާހަކަ ބޭބެގެ ވާހަކައާ ދިމާ އިދިކޮޅަށް ކޮއްކޮ ކިޔައިދިނެވެ. އަދި ހައްގު ގޮތުގައި ހުރީ ކާކުތޯ ބަޔާންކޮށްދެއްވުމަށް ހަކީމު ސާހިބު އަރިހުން އެދުނެވެ. ޖަވާބުގައި ހަކީމު ވިދާޅުވިއެވެ. "ކޮއްކޮގެ ވާހަކަ ހަމަ މުޅިން ރަނގަޅެވެ. ހައްގުވަނީ ކޮއްކޮއާ އެކުގައެވެ." ދެން ކޮއްކޮވެސް ވަރަށް އުފަލުން ހިނގައްޖެއެވެ.

މި ދެބޭންގެ ވާހަކައާ އަދި ހަކީމު ސާހިބުގެ ޖަވާބު އަޑުއިވޭ ހިސާބުގައި ހަކީމު ސާހިބުގެ އަނބިކަނބަލުން އިންނަވައިފައި އެކަނބުލޭގެ ހަކީމަށް ދެންނެވިއެވެ. "ދެބޭން ދެއްކީ ދިމާ އިދިކޮޅު ވާހަކަ ނޫންތޯއެވެ؟ އެހެންކަމަށްވާއިރު ދެބޭންގެ ވާހަކަ ސައްހަވާނީ ކިހެނަކުންތޯއެވެ؟ އެކަކުގެ ވާހަކަ ސައްހަވެފައި އަނެކަކުގެ ވާހަކަ ބާތިލުވާންޖެހޭނެ ނޫންތޯއެވެ؟"

އަނބިކަނބަލުންގެ މޫނަށް ބައްލަވާލައްވާފައި ހިކުމަތްތެރި ހަކީމު ވިދާޅުވިއެވެ. "ކަނބުލޭގެވެސް ތިޔަ ބުނީ ހަމަ ހައްގު ތެދު ވާހަކައެކެވެ”

"ތި ދެބޭންގެ ވާހަކައާއި ދައުވަތުގެ ވާހަކަ ގުޅެނީ ކިހިނެއް ހެއްޔެވެ؟" ޖުހާ ކުރެން އެހުނެވެ. ޖަވާބުގައި ޖުހާ ބުންޏެވެ. "އިސްލާން ދީނަށް ދައުވަތު ދިނުމުގެ ވާހަކައަކީ ވެސް ހަމަ މިފަދަ ވާހަކައެކެވެ. އެ މައްސަލައާ މެދު ބަލާ ރޮނގުވަޅުގެ މައްޗަށް ބިނާކޮށް ކަމުގެ ރަނގަޅު ނުރަނގަޅު ކަނޑައަޅާލެވޭ މއްސަލައެކެވެ. ދައުވަތުގެ މާނައަކީ މީހުން އިސްލާން ދީނަށް ވައްދަން ކުރާ ކަމެއްގެ ގޮތުގައި ބަލައިފިނަމަ އެކަން އަމާޒުވާނީ މުސްލިމު ނޫން މީހުންނަށް ނޫންހެއްޔެވެ؟ ދައުވަތު ދިނުމުގެ މާނަ ގުޅެނީ ދީނުގެ ކަންތައް އޮޅުންފިލުވައިދިނުމާ ކަމަށްވާނަމަ އެކަމަކީ މުސްލިމުންނަށް އަމާޒުކުރެވިގެން ކުރެވިދާނޭ ކަމެއް ނޫން ހެއްޔެވެ؟ އެހެންވީމާ ދެ ޚުމައިނީންގެ ވާހަކަވެސް ހަމަ ރަނގަޅުވެދާނެ ނޫން ހެއްޔެވެ؟ އެމީހަކު ބަލާ ރޮނގުވަޅުގެ މައްޗަށް ބިނާކޮށެވެ."

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.