...

Support Us

ކޮލަމް ކޯދު: އިންތިޒާރުކުރުމާ ބެހޭ ގޮތުން ބުނެފައިވާ ބުނުންކޮޅެއް

ތިރީގައި މި ވަނީ އިންތިޒާރުކުރުމާ ބެހޭ ގޮތުން ބުނެފައިވާ ބުނުންކޮޅެކެވެ.

  1. ލޯބިވެރިޔާ އާދޭތޯ އިންތިޒާރުކޮށްގެން ހުރުމަކީ، ބައެއް ފަހަރު، އެންމެ އުނދަގޫ ކަމެވެ. ލޯބިވެރިޔާއަށް މިކަން އެނގޭނެ ނަމައެވެ.
  2. ލޯބިވެރިޔާއަށް އޭނާ ބުންޏެވެ: "ކަލޭ އެނބުރި އަންނަން މާ ގިނައިރު ނުނަގާނޭ ކަމަށް ވަންޏާ، ކަލާއަށް އިންތިޒާރުކޮށްގެން މުޅި އުމުރު ވެސް އަހަރެން ހުރެދާނަމެވެ."
  3. ކަލާގެ ހުވަފެނުގައި ހިމެނޭ މީހަކަށް އޭނާ ވާނަމަ، ކަލާ ގާތަށް އޭނާ އަންނާނެއެވެ! އޭނާ އެނބުރި ނައި ނަމަ، އޭގެ މާނައަކީ، ކަލޭގެ ހުވަފެނުގައި އޭނާ ނުހިމެނޭ ކަމެވެ.
  4. މާތްﷲއަށް އިތުބާރު ކުރާށެވެ! ވަގުތު ޖެހުމުން، ހުރިހާ ދޮރެއް ވެސް، އެކަލާނގެ، ކަލެއަށްޓަކައި ހުޅުވާލަދެއްވާނެއެވެ.
  5. ބައެއް އެދުންތައް އޮންނަނީ އަހަރުމެންނަށް އިންތިޒާރުކޮށްގެން ހުންނަން ދަސްކޮށް ދިނުމަށްޓަކައެވެ.
  6. ލޯބިވާ ވާހަކަ ބުނަން ރަނގަޅު ދަނޑިވަޅަކަށް ބަލައިގެން ހުރެއްޖެ ނަމަ، ފަހަރެއްގައި، ދުވަހެއްގައި ވެސް އެ ދަނޑިވަޅު ނައިސް ވެސްދާނެއެވެ.
  7. ހަގީގީ ލޯބީގެ މަގު އޮންނަނީ ސީދާ ސާދާކޮށެއް ނޫނެވެ.
  8. އެންމެ ރަނގަޅު މުދައްރިސަކީ ވަގުތެވެ. އަދި އެ މުދައްރިސު ދަސްކޮށްދޭ އެންމެ ރަނގަޅު ފިލާވަޅަކީ ކެތްތެރިކަމެވެ.
  9. ކެތްތެރިކަމަކީ އިންތިޒާރުކޮށްގެން ހުންނަ ހުރުމަށް ކިޔާ ނަމެއް ނޫނެވެ. ނަމަވެސް، އެ ގޮތުގައި ހުންނަ އިރު މީހާ ކަންތައް ކުރާ ގޮތުގެ މައްޗަށް ވެސް ކިޔާ ނަމަކެވެ.
  10. އިންތިޒާރުކޮށްގެން ހުރުމަކީ ވެސް ހިތަށް އަނިޔާ ލިބޭ ކަމެކެވެ. ހަނދާން ނައްތާލުމަކީ ވެސް ހިތަށް އަނިޔާ ލިބޭ ކަމެކެވެ. ނަމަވެސް، މީގެ ތެރެއިން އެންމެ ބޮޑަށް އަނިޔާދޭ ކަމަކީ މި ދެކަމުން ކުރަންވީ ކޮން ކަމެއްކަން ނޭނގުމެވެ.
  11. އަހަރުމެން އެކަމަކަށްޓަކައި އިންތިިޒާރުކޮށްގެން ހުންނަ ކަންތައް ވާނެއެވެ. ނަމަވެސް، އެކަން ވާން އޮންނަނީ، ޝުކުރުވެރިކަމާއެކު، އެކަން ބަލައިގަތުމަށްޓަކައި، އަހަރުމެންގެ ހިތުގެ ދޮރު ހުޅުވާލެވުމުންނެވެ.
  12. ބައެއް މީހުންނަށް، މީހަކާ ނީނދެ އެ މީހުންގެ މުޅި އުމުރު ހޭދަކޮށްލަން ޖެހުނީ 'ރަނގަޅު' މީހާއަށް އިންތިޒާރުކޮށްގެން ހުރެހުރެ، ނަމަވެސް، އޭނާ ނައުމުންނެވެ! އާދެ، މާކަނާ ކަލޯއަށް ވެސް ދިމާވީ ހަމަ މިކަހަލަ ގޮތެކެވެ. ކަނޑުގުރުވައެއް ކެއުމުގެ އިންތިޒާރުގައި އިނދެއިނދެ، ބަނޑުހައިވެ، އެންމެ ފަހުން، ކުނި މީދަލެއް ކައިގެން އެ ސޮރު މަރުވީއެވެ!
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.