Support Us

"ޕެޓްސް އެންޑް ސްޓަފް" ހުޅުވުމުގެ ހަފުލާގެ ތެރެއިން.... -އަދިވެސް ފޮޓޯ:

ޕެޓްސް އެންޑް ސްޓަފް: ބުޅަލާއި ދޫނި ގެންގުޅޭ މީހުންނަށް ހިނިތުންވުމެއް

މިއީ ބުޅަލާއި ދޫނި ގެންގުޅޭ މީހުންނަށް ވަރަށް ވެސް އުފާވެރި ޚަބަރަކަށް ވާނެކަން ޔަގީނެވެ؛ ގޭގައި ގެންގުޅޭ ބުޅަލާއި ދޫންޏަށް ބޭނުންވާ ކާނާއާއި އެސޮރުމެނަށް ބޭނުންވާ ހުރިހާ ބާވަތެއް އެއް ފުރާޅެއްގެ ދަށުން ލިބޭ ފިހާރައެއް މާލޭގައި މިއަދު ހުޅުވައިފިއެވެ.

ހެންވޭރު ނޫރު މިސްކިތް ކައިރީގައި ހުންނަ "ޕެޓްސް އެންޑް ސްޓަފް" ފިހާރަ މިއަދު ހަވީރު ހުޅުވައިދިނީ އެ ތަނުގެ ވެރިޔާ، މަރިޔަމް ނަޝީދާއެވެ. ފިހާރައިގެ ރިބަންފަށް ކަނޑާލަން އޭނާ ގޮސް ހުރީ ވެސް ބުޅަލެއް އުރާލައިގެންނެވެ.

"ޕެޓްސް އެންޑް ސްޓަފް"ގައި ބުޅަލެއް ވެސް އަދި ދޫންޏެއްވެސް ނުހުރެއެވެ. އެކަމަކު އެތަން ހާއްސަވެފައި ވަނީ ބުޅަލާއި ދޫންޏަށް ބޭނުންވާ ކާނާއާއި އެ ސޮރުމެނަށް ބޭނުންވާ ފެންވަރު ރަނގަޅު ސާމާނު، އަތްފޯރާ އަގެއްގައި ލިބެން ހުންނަ ތަނެއްގެ ގޮތުގައެވެ.

"މި ފިހާރައަކީ ޕެޓްސް އާ ގުޅުން ހުރި ހުރިހާ އުފެއްދުމެއް ވަންސްޓޮޕް ސޮލިއުޝަނަކުން ލިބޭނެ ތަނެއް. ރާއްޖެއިން މީގެ ކުރިން ނުލިބޭ ވަރަށް ގިނަ އާ އުފެއްދުންތައް އަޅުގަނޑުމެން ތަޢާރަފް ކުރަމުން މިދަނީ،" މަރިޔަމް ނަޝީދާ ބުންޏެވެ. "އަޅުގަނޑުމެންނަކީ ޖަނަވާރުންނަށް ލޯބިކުރާ މީހުންނަށް ވާތީ، މިފަދަ ޖަނަވާރުން ގެންގުޅެ ބެލެހެއްޓުމުގައި ރާއްޖޭގައި ކުރިމަތިވެފައިވާ ގޮންޖެހުންތައް ވަރަށް ރަނގަޅަށް އެނގި، އެ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރަމުން މިދަނީ."

"ޕެޓްސް އެންޑް ސްޓަފް" ހުޅުވުމުގެ ހަފުލާގެ ތެރެއިން…. -އަދިވެސް ފޮޓޯ:

ގޭގައި ބުޅާ ގެންގުޅެން އަލަށް ފަށައިގަންނަ މީހުންނަށް ވެސް މި ފިހާރައިން ހާއްސަ ޕެކެއް ވަނީ ތައާރަފުކޮށްފައެވެ. އޭގައި ހިމެނެނީ ލިޓަރ ބޮކްސް، ހިކި ކާނާ، ޓްރީޓް، ނެއިލް ކްލިޕަރ، ކޯމްބް އަދި ކުޅޭ އެއްޗިއްސެވެ. މީގެން ޕެކެއްވެސް 500ރ. އަށްވުރެ ދަށްކޮށް ލިބެން ހުރެއެވެ.

މީގެ އިތުރުން ޔޫރަޕުގައި މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ޒަމްޕާ" ބްރޭންޑުގެ އުފެއްދުންތައްވެސް "ޕެޓްސް އެންޑް ސްޓަފް" އިން ވަނީ ތައާރަފުކޮށްފައެވެ.

"ޕެޓްސް އެންޑް ސްޓަފް"ގެ މުވައްޒަފުންނަކީ ވެސް، ޖަނަވާރުން ދެކެ ލޯބިވާ، އަދި ޖަނަވާރުން ގެންގުޅޭނެ ގޮތް ކިޔައިދިނުމުގެ ގާބިލްކަން ލިބިފައިވާ މުވައްޒަފުން ކަމަށް ވެސް އެ ތަނުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *