...

Support Us

ވ. އަދި ކ. އަތޮޅުގެ 12 ރަށެއްގެ މަގުބައްތި ބެލެހެއްޓުމާ ސްޓެލްކޯ ހަވާލުވެއްޖެ

ވ. އަދި ކ. އަތޮޅުގެ 12 ރަށެއްގެ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމާ ސްޓެލްކޯ އިން މިއަދު ހަވާލުވެއްޖެއެވެ. ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށްތަކުގެ ކައުންސިލާއެކު ސްޓެލްކޯ އިން ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.

ސްޓެލްކޯ އިން މިދިޔަ މަހު ވަނީ އއ. އަދި އދ. އަތޮޅުގައި އެ ކުންފުނިން ހިދުމަތް ދޭ 14 ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމާ ހަވާލުވެފައެވެ.

މަގުބައްތިތައް ބެލެހެއްޓުމާ ސްޓެލްކޯ އިން އަލަށް ހަވާލުވި ރަށްތައް

  1. ކ. މާފުށި
  2. ކ. ހިންމަފުށި
  3. ކ. ގާފަރު
  4. ކ. ދިއްފުށި
  5. ކ. ތުލުސްދޫ
  6. ކ. ގުޅި
  7. ކ. ގުރައިދޫ
  8. ވ. ފުލިދޫ
  9. ވ. ތިނަދޫ
  10. ވ. ފެލިދޫ
  11. ވ. ކެޔޮދޫ
  12. ވ. ރަކީދޫ

ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެނީ މާލެ ސަރަހައްދާއެކު ހަތަރު އަތޮޅެއްގައެވެ. މި 12 ރަށާއެކު އއ. އަދި އދ. އަތޮޅު ހިމެނޭހެން، ސްޓެލްކޯއިން ހިދުމަތްދޭ 30 ރަށުގެ ތެރެއިން ކ. ކާށިދޫ ފިޔަވާ އެހެން ހުރިހާ ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމާ އެ ކުންފުނިން ވަނީ ހަވާލުވެފައެވެ. ކާށިދޫގެ މަގުބައްތިތައް ބެލެހެއްޓުމަށް ސްޓެލްކޯއިން ހުށަހެޅި ނަމަވެސް ރައްޔިތުން އެދޭ ގޮތަށް ސްޓެލްކޯ އަށް އެ މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެ ކާށިިދޫ ކައުންސިލުން މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިއެއްނުވެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ ކަރަންޓުގެ ހިދުމަތަކީ އަސާސީ ހިދުމަތެއް ކަމަށާއި އެ ހިދުމަތް ދިނުމުގައި އެއްވެސް ވަރަކަށް ސިޔާސީ ކުލައެއް ނުޖައްސަވާނެ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *