...

Support Us

އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އަދި ސްޕޯޓްސް މިނިސްޓަރު މަހުލޫފު

ތިން އަހަރުގެ ބިލަށްވާ 6.5 މިލިއަން ރުފިޔާ ނުދައްކައިގެން އެފްއޭއެމުން ކަރަންޓް ކަނޑާލައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ތިން އަހަރުގެ ކަރަންޓު ބިލަށް ސްޓެލްކޯއަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކައިގެން، އެފްއޭއެމްއިން މިއަދު ކަރަންޓް ކަނޑާލައިފިއެވެ.

ސްޓެލްކޯ އިން މިއަދު ބުނީ ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާއިން ކަރަންޓް ކަނޑާލީ، 2019 ސެޕްޓެމްބަރުން މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ހުރި ކަރަންޓް ބިލްތައް ދެއްކުމަށް އެކި ފަހަރުމަތިން އަންގައި، އަދި އެ ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއްދެވި، އެކަންވެސް ކޮށްފައިނުވާތީ ކަމަށެވެ.

"އަދި މި ފައިސާ ނުދައްކާނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުންވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް މި ކުންފުނިން މިދަނީ ވިސްނަމުން،" ސްޓެލްކޯ އިން ކުރި ޓްވީޓެއްގައި ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން "އަދިވެސް" އިން ދެންނެވުމުން އެފް.އޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު މިއަދު ވިދާޅުވީ "ކަމާ ބެހޭ ތަފްސީލީ ބަޔާނެއް އެފް.އޭ.އެމުން މިއަދު ނެރޭނެ" ކަމަށެވެ.

ކަރަންޓު ބިލް ނުދައްކައިގެން އެފް.އޭ.އެމުން ކަރަންޓް ކަނޑާލިއިރު، ތަނުގެ ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭތާ ވެސް ވަރަށް ގިނަ ދުވަސް ވަނީ ވެފައެވެ. އަދި ސާފް ޗެމްޕިއަންޝިޕުގެ އިނާމަށް ބައެއް ފަރާތްތަކުން ދިން އެތައް މިލިއަން ރުފިޔާއެއްވެސް ކުޅުންތެރިންނަށް ނުދިނުމުގެ މައްސަލަ ވަނީ ފެންމަތިވެފައެވެ.

ހިދުމަތް މެދުކަނޑާލާފައި. އަދި މި ފައިސާ ނުދައްކާނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުންވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް މިކުންފުނިން މިދަނީ ވިސްނަމުން.