Support Us

ތޯމަސް އެޑިސަން

ކޮންމެ އެދުރަކު ވެސް ވާންވީ މަންމައަކަށެވެ.

ތަރުޖަމާ ކުރީ: ޑރ. މުޙައްމަދު ޞާލިޙް އަދި އަޝްރަފް ޢަލީ

ތޯމަސް އެޑިސަން އޭނާގެ ތުއްތު އުމުރުގައި، އެއްދުވަހަކު މަދަރުސާއިން ގެއަށް އައީ މުދައްރިސް އޭނާގެ މަންމައަށް ދޭން ދެއްވި ސިޓީއެއް ހިފައިގެންނެވެ. އެޑިސަން އޭނާގެ މަންމައަށް ނަންގަތެވެ. "މަންމާ! އަޅުގަނޑު ޓީޗަރު މި ސިޓީ އަޅުގަނޑަށް ދެއްވައިފައި ބުނުއްވީ ހަމަ އެކަނި މަންމައޭ މިސިޓީ ކިޔުއްވަން ވާނީ. މީގައި އޮތީ ކީކޭތޯ؟" ވަރަށް އުފާވެފައި ހުރެ އޭނާ ނަންގަތެވެ.

ދަރިފުޅަށް އެ ސިޓީ ބާރަށް ކިޔައިދެއްވަމުން ގެންދެވި އިރު މަންމަގެ ދެލޯ ދިޔައީ ކަރުނައިން ކަޅިވަމުންނެވެ.

"ތިބާގެ ދަރިފުޅަކީ އާދަޔާ ޚިލާފަށް މޮޅު، ވިސްނުން ތޫނު ކުއްޖެއް. މި މަދަރުސާއަކީ ވަރަށް ކުޑަ އަދި މި ކުއްޖާއަށް ތަމްރީނުދީ މޮޅުކުރެވޭނެ ފެންވަރު ހުރި ޓީޗަރުން ނެތް ތަނެއް. ވީމާ މި ކުއްޖާއަށް ކިޔަވައިދޭނީ މި ކުއްޖާގެ މަންމަ."

ތޯމަސް އެޑިސަންގެ މަންމަ ބަލިވެ ދުނިޔެއިން ވަކިވާންދެން އޭނާއަށް ތައުލީމާއި ތަމްރީނު ދެއްވައި އެ ގޮތުގައި ދެމިއިންނެވިއެވެ.

އެޑިސަންގެ މަންމަ ނިޔާވިތާ އަހަރުތަކެއްގެ ފަހެވެ. އޭނާ ވީ އޭނާ އުފަންވި ޤަރުނުގެ އެންމެ ކުޅަދާނަ އެންމެ މޮޅު އެއް އީޖާދުވާރަށެވެ.

އެއްދުވަހަކު، ތޯމަސް އެޑިސަން އޭނާގެ މަންމަ ގެންގުޅުއްވި ބައެއް ސާމާނު ހާވަނިކޮށް، އެއްކަހަލަ ދުވަހު އޭނާގެ މަންމައަށް ދޭން އޭނާގެ ޓީޗަރު ދެއްވި ފަށްޖަހައިފައިވާ ސިޓީ ފެނުނެވެ. އޭނާ އެ ސިޓީ ނިއުޅައިލިއެވެ…

އޭގައި ލިޔެފައި އޮތް މެސެޖަކީ "ތިބާގެ ދަރިފުޅަކީ ބުއްދި ހަމަނުޖެހޭ ކުއްޖެއް. މީގެ ފަހުން އޭނާއަށް މި ސުކޫލަށް އައުމުގެ ފުރުސަތެއް އެއްގޮތަކަށް ވެސް ނެތް. އޭނާ ތިޔަވަނީ ސުކޫލުން ވަކިކޮށްފައި."

ސިޓީގައި އޮތް މެސެޖުން ތޯމަސް އެޑިސަންއަށް ވަރަށް ފުން އަސަރުތަކެއް ކުރިއެވެ. އޭނާ އޭނާގެ ޑައިރީ ނެގިއެވެ. އަދި އޭގައި ލިޔުނެވެ. "ތޯމަސް އޭ އެޑިސަންއަކީ ބުއްދި ހަމަނުޖެހޭ، އެހެނަސް އޭނާގެ މަންމަގެ މަސައްކަތުން މި ޤަރުނު ދުށް އެންމެ ވިސްނުންތެރިޔާއަށް ހެދި މީހެއް."

ތެދެކެވެ! ކުއްޖަކު މޮޅު މީހަކަށް ހެދުމަށް ޓަކައި މުދައްރިސުންގެ އޯގާވެރިކަމާއި ލޯބިވެތި ލަފުޒުތައް ފުދެއެވެ. ކޮންމެ މަންމައަކީ އެދުރެކެވެ. ކޮންމެ އެދުރަކު ވެސް ވާންވީ މަންމައަކަށެވެ. ޝައްކެއް ނެތެވެ! ތަޢުލީމަށް އިންޤިލާބީ ބަދަލު ގެނައުމުގައި އެދުރުންގެ ދައުރު ކިތަންމެހައި ވެސް މުހިންމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *