Support Us

ދަނޑުވެރީންގެ ދުވަސް!

މިއަދަކީ ދަނޑުވެރީންގެ ދުވަހެވެ. ދުވަހުގެ ހެޔޮ އުދުންތައް އެންމެހައި ދަނޑުވެރީންނަށް ފޮނުވަމެވެ. އަޅުގަނޑަަކީ ވެސް ދަނޑުވެެރިޔަކީމެވެ.

ދަނޑެއް ހެއްދިއްޖެކަމުގެ ދަލީލަކީ އޭގެ މޭވާއެވެ. އެ މޭވާ ފޮނި ހެއްޔެވެ؟ އެ މޭވާ ހުރީ ހުންނާންވީ ކުޑަބޮޑު މިނުގައި ހެއްޔެވެ؟ ހުންނާންވީ ކުލައިގައި ހުންނާންވީ ރަހައިގައި ހުންނާންވީ ސޫރައިގައިހެއްޔެވެ؟ ބުހި ނުވަތަ ހުލި ވަރަށް ގިނަހެއްޔެވެ؟ ބައެއް މޭވާ ބޭރުން ކުޑަކޮށް ރިއްސެޔޮލައި، ދޮން ކުލަދައްކައިލިޔަސް އެތެރެ ތަޣައްޔަރުވެ ނުބައިވެފައި ހުރޭ ހެއްޔެވެ؟ ކިތައް މޭވާގެ އެތެރޭގައި ފަނި އުޅޭހެއްޔެވެ؟ ކިތައް ގަހުގައި ކޫޑި އެޅި ހެއްޔެވެ؟ ބަލި ބަލީގެ އަސަރު ފެންނަ ގަސްގަސް ރަނގަޅުކުރާން އޭގެ ގޮފިތަކަށް ބޭސްޖަހާ އިރު، ބަލި ހުރީ ގޮފީގައި ހެއްޔެވެ؟ ނުވަތަ އިންދުނު އޮށުގައި ހެއްޔެވެ؟ ނުވަތަ ދެވޭ ކާދުގައި ހެއްޔެވެ؟ އަދި ކީއްތޯއެވެ؟ ވާލާއި މީދަލުގެ ހަމަލާއެއްނާރައި ސަލާމަތްވީ އަދަދުގެ މިންވަރަކީ ކޮބައި ބާވައެވެ؟ މި ސުވާލުތައް އުފައްދައި އޭގެ ޖަވާބު ހޯދޭ ހެއްޔެވެ؟

ރައްކާތެރި ފައްކާ މޭވާ ލިބުން އެދި އަޅުގަނޑުމެން ކޮންމެ ދަނޑުވެރިޔެއްގެ ނިދި ނަގައިލަމުއެވެ. ހަކަތަ ހޭދަކުރަމުއެވެ. ވަގުތު ހިބަކުރަމުއެވެ. އަމިިއްލަ ދިރިއުޅުމުގެ އެތައް ކަމަކަށް ފުރަގަސްދެމުއެވެ. އެތައް ހިންމަތެއް އެތައް މިންނަތެއް ޖިހާދެއް އެބަ ކުރަމުއެވެ.

މި ހުރިހައި ޤުރުބާނީއެއްގެ އަގަކީ ނަތީޖާއަކީ ކޮބައިބާވައެވެ؟ ބިންނާން ލިބެނީ އުންމީދުކުރި މޭވާ ބާވައެވެ؟ ލެވެނީ ހިތްހަމަޖެހުމުގެ ނޭވާ ބާވައެވެ؟ ދެކެވެނީ ހޭދަވަނީ ބާއްޖަވެރިކަމުގެ ރޭދުވާ ބާވައެވެ؟

ދަނޑުވެރީންގެ ދުވަހުގެ އުފަލުގައި ހަން ފުއްޕާން ހަމުގެ ތުނބުގައި ތުންޖަހާއިރު، ކޭކު ފަޅާން ކޭކުގައި ފިޔޮހި ޖައްސާ އިރު، އެ ކޭކުން ރަހަބަލައި ކާއިރު މި ޝުޢޫރުތައް ހިތުގައި ނުއުފެދޭ ތޯއެވެ؟

މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *