އާފަލު ކެއުމުގެ ދުވަސް ފާހަގަކުރާން އެސް.ޓީ.އޯ އިން މިއަދު އާފަލު ބަހާން ހަމަޖައްސައިފިއެވެ.
އެސްޓީއޯ ހެޑް އޮފީހުގެ ފަހަތުން، އެސްޓީއޯ ބަސް ސްޓޭންޑް ކުރިމަތީ އޮންނަ ޕާކުގައި މިއަދު ހަވީރު 4 އިން 6 އަށް ކުރިއަށް ގެންދާ "އީޓް އެން އެޕަލް ޑޭ" އިވެންޓުގައި ބައިވެރިވާ ކޮންމެ މީހަކަށް ވެސް އާފަލު ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
"އެސްޓީއޯއިން މި ދުވަސް ފާހަގަކުރަނީ ސިއްހީ ދުޅަހެޔޮކަން ޕްރޮމޯޓްކުރުމުގެ ގޮތުން،" އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން އަދި ބުނީ ތަފާތު ވައްތަރުގެ އާފަލް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ގަންނަން ލިބެން ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި ޕިންކް ލޭޑީ، ކުއީން އެޕަލް، ޕްރިންސް، ރޯޔަލް ބިއުޓީ، ރޯޔަލް އަދި ގްރީން ފަދަ އެކި ބާވަތުގެ އާފަލު ހިމެނޭ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.
Good day to all, happy eat an apple day!
To mark the occasion we are handing over free apples in STO Park (West Park area) today. pic.twitter.com/iVX34yQXum
— STO (@stoplc) September 17, 2022



advertisment

