Support Us

ބައްޕަގެ ކޮކަޑިދަޅު

މޫސަބޭގެ ދެމަފިރީންނަށް ހަތް ކުދީން ލިބިފައިވެއެވެ. ދިރިއުޅޭން ކުރާ މަސައްކަތް ގުޅިފައިވަނީ ވަލުތެރެއާއެވެ. ރުއްއެރުމެވެ. ދަނޑުވެރިކަންކުރުމެވެ. ރުއްވަކަރާއި އުނބުދަރާއި ކާށި މާލެ ގެންގޮސް ވިއްކުމެވެ. ދަނޑުތަކާއި ރުއްފާތަކަށް މީދާ ފޮށޭކަށް ތަނެއް ނުދެއެވެ. އެއް ގޮތެއްގައި ރުއްތައް ދިލައި އަލިކޮށް މީދާ ފަހައި މަރައެވެ. އަނެއް ގޮތެއްގައި ކޮކަޑިލައިގެން މަރައެވެ.

މޫސަބޭގެ ކުދީންގެ ތެރޭގައި ލޯލި ކަޅުވެލައިފައި ތިބި ކުދީންނާއި އިބިލީހަށް ދަނޑިން ހަމަލަ ދިން ބަގައިގެ ކުދިންނާއި ކިރު ތުނބުން ނުވީއްލޭ ކުދީން ތިބެއެވެ. މޫސަބޭގެ ދެމަފިރީންނަށް އެހިނދަކަށް ލިބޭ ކޮއްތެއް އެ ހިނދަކަށް ލިބޭ އަންނައުނެއް އެ ކުދީންނަށް ދީ އުފަލުގައި ދިރިއުޅެއެވެ.

ފަހަރެއްގައި ދެރަ ކަމެއް ވެދާނެތީ ކޮކަޑިދަޅު ހުންނަނީ ކުދީން އަތް ނުފޯރާ ފަށުގައި މަތީގައެވެ. ބަދިގޭގައި ތިރީގައި ހުންނަ ހަރުހަރުގައި އެ ކުދީން މަތިނަގައިގެން ކާނެ ކުދި ސާމާނު ހިސާބަކަށް ދަޅުދަޅުގައި ހުރެއެވެ.

އެއް ފަހަރަކު ރަށަށް އައި މީހެކެވެ. ހުޅުވިފައިވާ ސިކުނޑިއެއްގެ ވެރިޔެކޯލައެވެ. އޭނާ މީހުންނަށް ވިސްނައިދެމުން ދެއެވެ. ކޮންމެ ކަމަކަށް ވެސް މިނިވަންކަން އޮންނާނެއެވެ. ބޭނުންކަމެއް ކުރެވެންވާނެއެވެ. ބޭނުން އެއްޗެއް ބޮވެންވާނެއެވެ. ކެވެންވާނެއެވެ. ބެލެންވާނެއެވެ. ބުނެވެންވާނެއެވެ. މި ކަމާ އިދިކޮޅު މީހުންނަކީ ޒަމާނަށް ހޭނުލެވޭ ސިކުނޑި ނުހުޅުވޭ ހަރުކަށި މީހުންނެވެ.

މީނާ މި ކީއެއްޗެއް އަކުރުން އަކުރަށް ބައެއް ކުދިން ދަސްކުރިއެވެ. އެ ތަނުން ބައެއް ކުދިން ވަކިން އެކުވެ ވާހަކަދައްކައިލިއެވެ. ބައެއްގޭގޭގައި ބައްޕަމެން ވަރަށް ދައްސެވެ. ކުދީންނަށް ނުދޭ ކުދީންނަށް ނުކެވޭ އެއްޗެހި އެ މީހުން ގެންގުޅެއެވެ. ކުދީން ކާން ބޭނުން އެއްޗެއް ކެވެން ޖެހޭނެއެވެ.

ކޮންމެޔަކަސް މި ބަހުސެއް ހިނގައި އެންމެ ފަހުން މައިންބަފައިންނަށް ވުރެ ނުބައި ބަޔަކު ނެތްކަމަށް ނިންމައި ސިއްރުން އެއްކަލަ ކޮކަޑި ދަޅު ނަގައި އެ ކައިގެންފިއެވެ. ދެން އެ ވާ ގޮތެއް ވާނެތާއެވެ.

އެންމެ ފަހުން އެ އާއިލާ ހަލާކުވިއެވެ. މުދަލާއި ގޯއްޗާއި ބިން ވާރުތަކުރާނެ މީހަކު ވެސް ނެތެވެ. މޫސަބޭގެ ދެމަފިރީން މަރުވުމުން މިނިވަން ޚިޔާލުގެ ވެރިޔާ އެ ގޯތި ނީލަމުން ނަގައިފިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *