Support Us

ކުރު ވާހަކަ: ހިންޏަކާއި މާމުއި ތިއްކެއްގެ ވާހަކަ

އެއްދުވަހަކު މީހަކު ގެންދިޔަ މާމުއި ފުޅިއަކުން މާމުއި ތިއްކެއް ވެއްޓުނެވެ. އެ ވަގުތު އެތަނަށް ކުޑަކުޑަ ހިންޏެއް އައެވެ. އަދި މާމުއި ތިކީގެ ރަހަ ބަލައިލިއެވެ. ހިންޏަށް މާމުއި ފޮނިވެފައި މީރުވިއެވެ. އަދި، އެހެންވެ، ކުޑަކުޑަ ހިނި، އަދިވެސް އިތުރަށް މާމުއިގެ ރަހަ ބަލައިލާ ހިތްވިއެވެ.

ދެން، އެ ކުޑަކުޑަ ހިނި މާމުޔާ މާ ބޮޑަށް ވެސް ގަޔާވެއްޖެއެވެ. އެހެންވެ، މާމުއި ތިކީގެ އަރިމަތީ އޮވެ، ކުޑަކުޑަ އެތިކޮޅެއް ލޮވެލައިގެން ހިނީގެ ހިތްފުރޭ ވަރެއް ނުވިއެވެ. ދެން ގަސްދުކުރީ މާމުއި ތިކީގެ ތެރެއަށް އެރޭށެވެ. އަދި، އޭގެ ތެރެއަށް އެރި މާމުއި ބޮއި ހިނީގެ ހިތްފުރޭ ވަރަށް ހިތްހަމަޖައްސަން އުޅުނެވެ. ދެންވީ ކިހިނެއް ކަމަށް ހެއްޔެވެ؟ ހިނި މާމުއި ތިކީގެ ތެރެއަށް ގެނބި، އޭގެ ތެރެއިން އަރައިގަނެވޭ ގޮތެއް ނުވިއެވެ. އޭގެ ފަޔާއި ހަށިގަނޑު ވެސް މާމުއި ތިކީގެ ތެރޭގައި ތާށިވީއެވެ. އަދި، އެންމެ ފަހުން، މާމުއިގެ 'ކަނޑުގައި' ހިނި ޣަރަގުވެ، މަރުވެ ދިޔައީއެވެ.

ބުއްދިވެރިން ބުނެއެވެ. ދުނިޔެއަކީ މާމުއީގެ ބޮޑު ތިއްކެކެވެ. އެ ތިކިން މެދު މިންވަރެއްގެ އެތިކޮޅެއް ބޯލުން އިންސާނާއަށް ފުދެއެވެ. އަދި، އެފަދަ ގޮތެއްގައި ދުނިޔޭގެ މާމުޔާ މެދު ކަންތައްކޮށްފި މީހާ ސަލާމަތް ވެއްޖެއެވެ. ނަމަވެސް، ދުނިޔޭގެ މާމުއިގެ ކަނޑުގެ ތެރެއަށް އެރި އެ ކަނޑުގެ ތެރޭގައި ޣަރަގުވާން އޭނާގެ ނަފްސު ދޫކޮށްލައިފި މީހާ އެއްކަލަ ކުޑަކުޑަ ހިންޏަށް ކަންތައް ދިމާވި ފަދައިން، އޭނާ ވެސް ހަލާކުވެ ނެތިދެއެވެ.