މާލެ ސަރަހައްދުގެ މީހުން ދަތުރު ދިއުމަށް ސަރުކާރުން ތަރައްޤީކުރާ ކުޑަގިރީގައި ފެނަކައިން ގާއިމްކުރި އިންޖީނުގެ ނިންމައި މިއަދު ކަރަންޓު ދޭން ފަށައިފިއެވެ.
ފެނަކައިން ބުނީ ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިސަލް ނަސީމް އިފްތިތާހުކޮށްދެއްވި މި އިޖްނީނުގެއަކީ 350ކވގެ ކަރަންޓު އުފެއްދޭނެ ކެޕޭސިޓީގައި، އެންމެ ޒަމާނީ ވަސީލަތްތަކާ އެކު އިމާރާތް ކޮށްފައިވާ އިންޖީން ގެއެއް ކަމަށެވެ. އަދި މި އިންޖީންގެއާ އެކު 50,000 ލީޓަރުގެ ތެޔޮ ރައްކާކުރާ ވަސީލަތްވެސް އެ ތަނުގައި ޤާއިމްކޮށްފައިވާ ކަމަށެވެ.
ފެނަކައިން މިހާރު މަސައްކަތް ކުރަނީ ކުޑަގިރިއަށް ބޭނުންވާ ކަރަންޓުގެ 70% އަވިން އުފެއްދޭނެ ވަސީލަތް ގާއިމްކުރުމުގެ މަސައްކަތް ކަމަށް ވެސް ފެނަކައިން ބުންޏެވެ.