Support Us

އެޗް.ޑީ.ސީގެ އީދު ޝޯއެއްގައި ބޮޑުބެރު ޖަހަނީ... -ފޮޓޯ: އެޗް.ޑީ.ސީ

ހުޅުމާލޭގައި އީދު ޝޯ އާއި ހަވާއެރުވުން މި ފަހަރު ނޯންނާނެ

ކޮވިޑުގެ ކޭސްތައް އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މި ފަހަރުގެ ބޮޑު އީދުގައި އީދު ޝޯ އާއި ހަވާއެރުވުން ހުޅުމާލޭގައި ނުބާއްވާ ގޮތަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ން ނިންމައިފިއެވެ.

އެޗް.ޑީ.ސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "އަޟުހާ އީދު ކުލަގަދަކޮށް ފާހަގަކުރަން ރާވައިފައި ވީއިރު މި ދުވަސްވަރަކީ ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި އިތުރުވެފައިވާ ދުވަސްވަރަކަށް ވާތީ ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅޭ ހަރަކާތްތައް ނުބޭއްވުމަށް" އެ ކޯޕަރޭޝަނުން ނިންމައިފައިވާ ކަމަށެވެ.

"އެގޮތުން، އީދު ޝޯ އަދި ހަވާއެރުވުމަކީ ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ފާހަގަކުރާ ހަރަކާތްތަކަކަށް ވާތީ މިފަހަރުގެ އީދު ކުޅިވަރުގެ ތެރޭގައި މި ދެ ހަރަކާތް ނޯންނާނެ ވާހަކަ ދަންނަވަމެވެ." އެޗް.ޑީ.ސީގެ ބަޔާނުގައި ބުނެފައިވެއެވެ.