...

Support Us

"ހަމަ ހިޓާޗީ" ނަމުގައި އެސްޓީއޯއިން ޕްރޮމޯޝަނެއް ފަށައިފި

މުޅި ރާއްޖެއަށް މަގުބޫލް ބްރޭންޑެއް ކަމުގައިވާ "ހިޓާޗީ" އަށް ހާއްސަ ކޮށްގެން "ހަމަ ހިޓާޗީ" ނަމުގައި އެސްޓީއޯއިން ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

އޮގަސްޓް 30ގެ ނިޔަލަށް ކުރިޔަށްދާ މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލް ޗޮއިސްގެ އިތުރުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައިވެސް ކުރިޔަށްދާނެއެވެ.

އެސްޓީއޯ އިން ހިޓާޗީ ބްރޭންޑް އިމްޕޯޓްކޮށް ވިއްކާތާ 25 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މި ބްރޭންޑަކީ ކަސްޓަމަރުންގެ އިތުބާރު ހޯދައިފައިވާ ބްރޭންޑެކެވެ.

"ހަމަ ހިޓާޗީ" ޕްރޮމޯޝަންގެ ތެރެއިން ހިޓާޗީ ބްރޭންޑްގެ އައިސްއަލަމާރި، ދޮންނަ މެޝިން، އެއާޕިޔުރިފަޔާ، ޓީވީ، ޕަންޕު، ވެކްޔުމްކުލީނާ، ރައިސްކުކާރ، އަވަން، އަދި އެއާކޯން ހިމެނޭހެން ގިނަ ޕްރޮޑަކްޓްތަކަކަށް 30% އާ ހަމަޔަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. މީގެ އިތުރުން އެއާކޯން އަދި ރެފްރިޖިރޭޓަރު ފަދަ ތަކެތި ގެތަކާ ހަމައަށް ގެންގޮސްދިނުން އަދި އެއަރ ކޮންޑިޝަނަރ ހަރުކުރުމުގެ ހިދުމަތް މުޅިން ހިލޭ ލިބޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.

"ހަމަ ހިޓާޗީ" ޕްރޮމޯޝަންގެ ތެރެއިން ކުރާ ކޮންމެ 1،000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ދޭނެއެވެ. އަދި އެ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތާއަކު ނަސީބުވެރިއެއް ހޮވައި ވަރަށް އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕްރޮމޯޝަން ނިމުމުން ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރުއަތު ނަގައި ނަސީބުވެރި ތިން މީހެއް ހޮވައި، ކޮންމެ މީހަކަށްވެސް 50،000 ރުފިޔާގެ އެސްޓީއޯ ޕީޕަލް ޗޮއިސް ގިފްޓް ވައުޗާރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން "ހަމަ ހިޓާޗީ" ޕްރޮމޯޝަންގެ ތެރެއިން ސޯޝަލް މީޑިޔާގައި ހިޓާޗީ ޕްރޮޑަކްޓެއްގެ ފޮޓޯ ޕޯސްޓުކޮށްގެން ކޮންމެ ހަފްތާއަކުވެސް ނަސީބުވެރިއަކު ހޮވައި އެ މީހަކަށް ވަރަށް އަގުހުރި އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ ހިޓާޗީ އޭސީގެ ހަ މޮޑެލެއްގައި، ކަރަންޓު ބޭނުންވާ މިންވަރު އަންގައިދޭ ދިވެހިން ލިޔެފައިވާ ލޭބަލް ޖަހައިފައެވެ. މިއީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އަޅާ، އެންވަޔަރަމަންޓް މިނިސްޓްރީން ފަށައިފައިވާ މަސައްކަތެކެވެ.

އެސްޓީއޯއަކީ ހަކަތަ ސަމަކާރަ ލޭބަލް ޖަހަން ފެށި ފުރަތަމަ ކުންފުންޏެވެ. އެސްޓީއޯ އިން ލޭބަލް ޖެހި އޭ.ސީގެ ތެރޭގައި އާއްމު އޭސީތަކަށްވުރެ %42 ކަރަންޓް މަދުން ބޭނުންކުރާ އެއަރ ކޮންޑިޝަންތައް ހިމެނެއެވެ. ހަކަތަ ސަމަކާރަ ޕްރޮގްރާމްގެ ދަށުން އައިސް އަލަމާރިއާއި ދޮންނަ މެޝިންގައިވެސް ލޭބަލް ޖެހުމަށްވަނީ ހަމަޖެހިފައެވެ.

"ދިވެހިންގެ މެދުގައި އިތުބާރު ދަމަހައްޓާފައިވާ، ކަރަންޓް ހަރަދު ކުޑަ، ފެންވަރު ރަނގަޅު އޭސީ ނުވަތަ އައިސްއަލަމާރިއެއް ގަންނަން ވިޔަސް އަދިވެސް "ހަމަ ހިޓާޗީ" ވަރެއް ނެތް،" އެސްޓީއޯ އިން ބުންޏެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.