Support Us

ކުޑަގިރީގެ ކަރަންޓު ނެޓްވޯކް އެޅުމުގެ މަސައްކަތް ސްޓެލްކޯ އިން ކުރަނީ.. -ފޮޓޯ: ސްޓެލްކޯ

ކުޑަގިރީގެ ކަރަންޓު ނެޓްވޯކް މަސައްކަތް ސްޓެލްކޯއިން 13 ދުވަހުން ނިންމާލައިފި

މާލެ ކައިރިން ޕިކްނިކް ދާނެ ރަށެއްގެ ގޮތުގައި ތަރައްގީކުރާ ކ. ކުޑަގިރީގެ ކަރަންޓު ނެޓްވޯކް އެޅުމުގެ މަސައްކަތް ސްޓެލްކޯ އިން 13 ދުވަހުން ނިންމާލައިފިއެވެ.

ސްޓެލްކޯ އިން އަމާޒު ހިފައިފައި އޮތީ، މާލެ ކައިރިން ޕިކްނިކްދާނެ ރަށެއް ގާއިމް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅުގެ ދަށުން ތަރައްގީކުރާ ރަށުގެ ކަރަންޓުގެ މަސައްކަތް ގިނަވަގެން ދެ ހަފުތާ ތެރޭގައި ނިންމާށެވެ.

ސްޓެލްކޯ އިން ބުނީ މިދިޔަ މަހުގެ 26 ގައި ފެށި މި މަސައްކަތް މިއަދު ނިންމާލީ 3،000 މީޓަރުގެ ކޭބަލް ވަޅުލުމަށްފަހު ކަމަށެވެ. އޭގެ އިތުރުން މަގުބައްތި ޖެހުމާއި ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް ވެސް ވަނީ އަޅައިފައެވެ.

ކުޑަގިރީގެ ކަރަންޓު ނެޓްވޯކް އެޅުމުގެ މަސައްކަތް ސްޓެލްކޯ އިން ކުރަނީ.. -ފޮޓޯ: ސްޓެލްކޯ

ކުޑަގިރީގައި ބޭނުންކުރާ ކަރަންޓުގެ ބޮޑު އިންސައްތައެއް އިޔާދަ ކުރަނިވި ހަކަތައިން އުފެއްދުމަށްޓަކައި އެކަމުގެ ދިރާސާ ވެސް ސްޓެލްކޯ އިން ގެންދަނީ ކުރަމުންނެވެ.