...

Support Us

ތިމާވެއްޓާ ރައްޓެހި "ގްރީން ކޮންކްރީޓް" އެސްޓީއޯއިން ތައާރަފުކޮށްފި

ދުނިޔޭގެ އެހެން ގައުމުތަކުގައި މަގުބޫލުވަމުން އަންނަ، ތިމާވެއްޓާ ރައްޓެހި "ގްރީން ކޮންކުރީޓް" އެސްޓީއޯއިން ތައާރަފުކޮށްފިއެވެ.

ޒަމާނާ އެއްގޮތަށް އަދި ޒަމާނީ ވަސީލަތްތައް ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ތައާރަފު ކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ އެސްޓީއޯއިން ބާޒާރަށް ނެރެފައިވާ ގްރީން ކޮންކްރީޓްގެ ސަބަބުން ތިމާވެއްޓާ އެންމެ ރަހުމަތްތެރި ވަސީލަތްތައް އިމާރާތް ކުރުމުގައި ބޭނުންކުރާ ފަރާތްތަކަށް އެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

"ގްރީން ކޮންކްރީޓަކީ އާދައިގެ ކޮންކްރީޓް ނުވަތަ ކޮންވެންޝަނަލް ކޮންކްރީޓާ އަޅާބަލާއިރު ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށްދީ އަދި ހައިޑްރޭޝަންގެ ހޫނު އާދައިގެ ކޮންކުރީޓަށްވުރެ ވަރަށް ބޮޑަށް ދަށް ކޮންކުރީޓެކެވެ. އަދި މިއީ ކާބަން ނިއުރަލް ގައުމަކަށް ވުމަށް ރާއްޖެ މިސްރާބު ޖަހާފައިވާ މި ދަނޑިވަޅުގައި އެސްޓީއޯއިން ކުރިއަށް އެޅި މުހިއްމު ފިޅަވަޅެއް ކަމުގައި މި ކުންފުނިން ދެކެމެވެ. އަދި މިކޮންކްރީޓް ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ." އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނެއެވެ.

"ގްރީން ކޮންކްރީޓަކީ ރިސައިކަލް ކޮށްފައިވާ ރޯމެޓީރިއަލް ބޭނުންކޮށްގެން އުފައްދާ ކޮންކްރީޓެކެވެ. މި އުފެއްދުމަކީ އާދައިގެ ކޮންކްރީޓާ ހިލާފަށް ކާބަން ޑައިއޮކްސައިޑް މަދުން ބޭރުކޮށް އުފައްދާ ކޮންކްރީޓެކެވެ. މިގޮތުން އާދައިގެ ކޮންކްރީޓްގެ ބަދަލުގައި ގްރީން ކޮންކްރީޓް ބޭނުން ކުރުމުގެ ސަބަބުން 10 އިންސައްތަައާއި 15 އިންސައްތައާ ދެމެދުގެ އަދަދަކަށް ކާބަންޑަ އޮކްސައިޑް ބޭރުކުރާ މިންވަރު ދަށްކޮށްދެއެވެ."

ގްރީން ކޮންކްރީޓްގެ މުހިއްމު މައުލޫމާތު

  • ދުނިޔޭގެ އެންމެ ފުރަތަމަ ގްރީން ކޮންކްރީޓް ތައާރަފު ކުރެވުނީ 1998 ވަނަ އަހަރު ޑެންމާކްގައި
  • މި ކޮންކްރީޓް އުފެއްދުމަށް ބޭނުންވާ ހަކަތަ ނިސްބަތުން ދަށް
  • ރީސައިކަލް ކުރެވިފައިވާ ރޯމެޓީރިއަލް ބޭނުން ކުރި ކަމުގައިވިޔަސް ކޮންކްރީޓްގެ ސްޓްރެންތަށް އަސަރެެއް ނުކުރާ ގޮތަށް ފަރުމާ ކުރެވިފައިވާ ކޮންކްރީޓެއް
  • ގްރީން ކޮންކްރީޓްގައި ސިމެންތީގެ ބަދަލުގައި ބޭނުންކުރާ އެއް ބާވަތަކީ ގްރައުންޑް ގްރެނުލޭޓެޑް ބްލާސްޓްފަރނޭސް ސްލެގް (ޖީޖީބީއެސް)

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.