Support Us

ގެއާއި ބަދިގޭ ސާމާނަށް މަޝްހޫރު "ރަސެލް ހޮބްސް" ބްރޭންޑް އެސް.ޓީ.އޯ އިން ތައާރަފުކޮށްފި

ގެއާއި ބަދިގޭ ސާމާނަށް ދުނިޔޭގައި މަޝްހޫރު "ރަސެލް ހޮބްސް" ބްރޭންޑް އެސް.ޓީ.އޯ އިން ތައާރަފުކޮށްފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ އެފް.އެން.ބީ ޝޯގައި ހިމެނޭ އެސް.ޓީ.އޯ ސްޓޯލްގައި، އިނގިރޭސިވިލާތުގައި 70 އަހަރުގެ ކާމިޔާބު ހޯދައިފައިވާ މި ބްރޭންޑް ރޭ ތައާރަފުކޮށްދެއްވީ ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިސަލް ނަސީމެވެ. ނައިބު ރައީސްގެ އިތުރުން ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދުވެސް ރޭ އެ ސްޓޯލަށް ޒިޔާރަތްކުރެއްވިއެވެ.


އެސް.ޓީ.އޯ އިން އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރކަން ހޯދައިފައިވާ "ރަސެލް ހޮބްސް" އަކީ ކަރަންޓު ކުރާ އެންމެ ފުރަތަމަ އުފެއްދި ބްރޭންޑެވެ. އޭގެ އިތުރުން "ރަސެލް ހޮބްސް"ގެ ރައިސް ކުކަރ އާއި ސްޓީމަރ އާއި ގްރިލް އާއި އެއަރ ފްރައިޔަރ އާއި އަވަނާއި ބްލެންޑަރާއި ޓޯސްޓަރާއި ސޭންޑްވިޗް މޭކަރާއި ކޮފީ މޭކަރާއި އިސްތިރި ވެސް ހިމެނެއެވެ.

މި ތަކެއްޗަށް އެއް އަހަރު ދުވަހުގެ ވޮރަންޓީ އެސް.ޓީ.އޯ އިން ދެއެވެ. އަދި މި މަހުގެ 10ގެ ނިޔަލަށް ގަންނަ ތަކެއްޗަށް 10 ޕަސަންޓުގެ ޑިސްކައުންޓެއް ވެސް ދޭނެ ކަމަށް އެސް.ޓީ.އޯ އިން ބުނެއެވެ.