...

Support Us

މަޖީދިއްޔާ ސްކޫލުގެ 95 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭގައި 1927 ގަސް އިންދައިފި

މަޖީދިއްޔާ ސްކޫލުގެ 95 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެޗްޑީސީއާ ގުޅިގެން މިއަދު ހުޅުމާލޭގައި 1927 ގަސް އިންދައިފިއެވެ.

މަޖީދިއްޔާ ސްކޫލް އުފެދުނީ 1927 ގައެވެ.

ހުޅުމާލެ ފެހިކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިސަލް ނަސީމާއި މަޖީދިއްޔާގެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެ ގަސް އިންދިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގެ މާހައުލަކީ ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެ ކޯޕަރޭޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހުޅުމާލޭގެ މަގުތަކާއި، ޕާކުތައް ފަދަ އާންމު ސަރަހައްދުތައް އިތުރަށް ފެހިކޮށް ގަސް އިންދުމުގެ ގިނަ ހަރަކާތްތަކެއް މިހާރުވެސް އެ ކޯޕަރޭޝަނުން ރާވަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

"މިފަދަ މަސައްކަތެއް ފުރިހަމަވުމުގައި މުޖުތަމައުގެ ފަރުދީ ޒިންމާ އަދާކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. އެގޮތުން އެންމެހާ ބޭފުޅުންވެސް އެ ބޭފުޅެއް އެ ދިރިއުޅެމުން ގެންދަވާ މާހައުލު ސާފުކޮށް ބޭއްވުމުގައި ފަރުދީ ޒިންމާ އަދާކުރުން ވަރަށް މުހިއްމެވެ. އަދި އެޗްޑީސީގެ ފަރާތުން މުސްތަޤުބަލުގައިވެސް އާންމުންގެ ލާބަ އާއި މަންފާއަށް އަދި ވަކިން ޙާއްޞަކޮށް ސާފުކުރުމުގެ ރީތި އާދަ އާލާކުރުމަށާއި ހުޅުމާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް ގިނަ ޕްރޮގްރާމްތަށް ރޭވިފައިވާކަން މި ފުރުސަތުގައި ފާހަގަކޮށްލަމެވެ." އެޗްޑީސީން ބުންޏެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.