އަގުހުރި އިނާމުތަކަކާއެކު، އެސްޓީއޯ "ކްރޫގާރ ޗެލެންޖް 2022″ މިއަދު ފަށައިފިއެވެ. މިއަދުން ފެށިގެން ޖުލައިގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައެވެ.
އެސްޓީއޯ ކްރޫގާރ ޗެލެންޖްގައި ބައިވެރިވުމަށް ކްރޫގަރގެ ޕްރޮޑަކްޓެއް ބޭނުންކޮށްގެން ކާއެއްޗެއް ތައްޔާރުކުރުމަށްފަހު ހޭޝްޓެގް STOKrugerChallenge2022# އާއެކު ސޯޝަލް މީޑިޔާގައި ޕޯސްޓް ކޮށްލުމުން ކޮންމެ ހަފުތާއަކުވެސް ނަސީބުވެރިއަކު ހޮވައި، އެންމެ ގިނަ ލައިކްސް/ ރިއެކްޝަންސް ލިބިފައިވާ ޕޯސްޓުގެ ވެރިފަރާތަށް އަގުހުރި އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ކްރޫގާރ ބްރޭންޑްގެ ތަކެތި ގަންނަ މީހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި، ސޯޝަލް މީޑިޔާ މުބާރާތުގެ އިތުރުން ވަރަށް އަގުހުރި އިނާމުތަކާއި ޑިސްކައުންޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ ކްރޫގަރ އައިޓަމަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެއެވެ. އަދި ޕްރޮމޯޝަން ނިމުމުން މީގެ ތެރެއިން އެއް ވަނައަށް ހޮވޭ މީހަކަށް ބެނެލީ ޕެނެރިއާ ސައިކަލެއް، އަދި ދެވަނައަށް ހޮވޭ މީހަކަށް އައިފޯން 13 ޕްރޯ މެކްސް 256ޖީބީ ފޯނެއް އަދި ތިން ވަނައަށް ހޮވޭ މީހަކަށް ފިލިޕްސް 55 އިންޗީގެ ޓީވީއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެސް.ޓީ.އޯ އިން އިމްޕޯޓްކޮށް ވިއްކަމުންދާ ކްރޫގާރ ބްރޭންޑަކީ ޖަރުމަނުގެ މޮޅު ބުރޭންޑެކެވެ. ދިވެހިންގެ މަގޫބުލުކަން ހޯދައިފައިވާ ޕުރޮޑަކްޓްތަކުގެ ތެރޭގައި ހިމެނޭ ކްރޫގާރ ޕާސްތަނޫސާގެ ޗޮކުލެޓް ސުޕެރްޑް ތެރޭގައި ޗޮކޮލެޓް ޑުވޯ އަދި ޑާކް ޗޮކްލެޓް ވެސް ހުރެއެވެ.
Kruger Challenge 2022 begins today with exciting offers and more ????????
Drop by STO People’s Choice or STO regional outlets and stand a chance to win incredible prizes! ????????
Offer valid till 31st July 2022 #STOKrugerChallenge2022 pic.twitter.com/8BKt7ec1tr— STO People’s Choice (@stopc_mv) May 19, 2022



advertisment

