Support Us

ވިކުނީ "އަލްވަދާޢު" އެވެ.

(މިއީ ވާހަކައެއް ނޫނެވެ. ޅެމެކެވެ.)

ޖާޒުބީ ދުނިޔޭގައި ވިޔަފާރިއެއްގެ ފިކުރު ހަޒޫރުއްދީން ކުޅައެވެ. ބަލައި ހޭ ޢުމުރަށް އެޅީތީ ދިރުނު މަޤްޞަދުން ބައެއް ޙާޞިލުކުރަން ވިސްނީއެވެ. ފުރާވަރީ ބާޒާރުގައި ދެ ދުވަހަކު ހިނގައިލިތަނާ ގަންނާން ތިބި ޕަރީޒާދުންތައް ފެނިއްޖެއެވެ. އަވަހަށް ހަށީގައި ހުރި ބާރެއްލައި ސަމައްތަރުކަން ދައްކައިލިއެވެ. އިންސާނީ ވަންތަކަމުގެ ޚުޝޫއާތުވެސް ތިލަކޮށްލައިފިއެވެ. އަވަހަށް ގޮވަން ފަށަތްޕެވެ. ކަތި ނަޒަރުން އެ ޕަރީޒާދުންނާ ދިމާއަށް ބަލަމުންނެވެ. ޚާއްސަ ނަޒަރެއް އެއް ޒާދަކަށް ދެމުން މުށަށް ހިތްލައި ހަލުވައިލި އަޑާއެކުހެން އެތަނުގައި ހުރި އެއް ޕަރީޒާދަކު ގޮވައިލިއެވެ. ފިނިފެން ފިޔަ ތުންފަތަކުން ބުނެލި އަޑު ހިއްސުގައި ސިންބަލް ޖަހައިލިއެވެ. "އޭ ފިރިހެނާ… ކޯޗެއް ތިޔަ ވިއްކަނީ؟ ރަހަ ކިހިނެއްތަ؟ އާބޭ ޙަޔާތުގެ ކުލަވަރޯ؟"

އެ ހިނދު ހަޒޫރުއްދީން ހިތާހިތުން ކިޔައިލިއެވެ. "އެހެރައަޑެއްތާ! އެކާވީސްވަނަ ގަރުނުގެ ލައްޒަތު! ބާވީސްވަނަ ޤަރުނުގެ މިޔުޒިކް! ތޭވީސްވަނަ ޤަރުނުގެ އުލްފަތު!" އެންމެ ޒަމާނީ ގޮތުގައި ހީނލައިފައި ހަޒޫރުއްދީން ބުނެލަތްޕެވެ. "އެންމެ ދެ މުދާގަނޑު. ވިއްކައިލަން ބޭނުމީ މިހިތުގެ، މި ނަފުސުގެ، މި ހަށީގެ، ހަމަ އެކަނި އަގުހުރި މުދާގަނޑު. އެއީ ކިރާނޭ ތިލަފަތެއް ނުވާ ހަމަ އެކަނި ހުދަންބަރު. "އައި ލަވް ޔޫ."

އެ ޕަރީޒާދަކު ގޮވައިގަތެވެ. "އޭ މިހިރަ މުޑުދާރުގަނޑާ. ޖެޓެއް ނެތްއިރު، ރިސޯޓްގަނޑެއް ނެތްއިރު، ވީދިފައި ނުވާ ހަރުވާޅެއްގައި ވީއިރު، ކަންފަތް ނޭފަތް ތޮރުފުން ނުވިއިރު، ތިޔަ ގަންނާނެތަ. ފޮރުއްޕާކަށް ނެތް. ކަލޭގެ ތިޔަ އެއްޗެއް މިތާކު ބުލަލެއްވެސް ނުގަންނާނެ."

އެ ހިނދު އެތަނުން އެހެން ޕަރީޒާދަކު ބުނެލިއެވެ. "ތިޔަނޫން އެއްޗެއް ނެތީތަ؟" ހަޒޫރުއްދީން ވަގުތުން ޖަވާބުދީފިއެވެ. "ނޫން…. ގުޑްބައި" އޭނާ ބުންޏެވެ. "ޝުކުރިއްޔާ. ޝުކުރިއްޔާ".

އާނއެކެވެ. ކިތަންމެ ހިތް އެދުނަސް "ލޯބި" ނުވިކިދާނެއެވެ. "އަލްވަދާޢު" ވިއްކުން ނޫންގޮތެއް ނެތެވެ. އޭރުން މަރުވަންދެން "ޝުކުރިއްޔާ" އިން އަގުކުރާނެއެވެ. ނުވަތަ ވޭނާ އުދާހުން އަގު ލިބިގަނެވޭނެއެވެ. ރަނާއި މުދަލާއި ފައިސާއަކުން ނޫނެވެ.