ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގައި ހުޅުވާފައި ހުންނަ އެކައުންޓުން ވަގަށް ފައިސާ ނަގާކަމުގެ ޝަކުވާ އަނެއްކާވެސް ކުރަން ފަށައިފިއެވެ.
ބޭރުގައި ކިޔަވަން ހުންނަ، އިސްމާއިލް ޝިހާބު ޓްވިޓަރގައި ބުނީ ރާއްޖެއިން ބޭރުގައި ތިބިގެން، މޯބައިލް ބޭންކިން ބޭނުންކުރާ ފަރާތްތަކަށް ބީ.އެމް.އެލް އިން ދޭ ހިދުމަތްތައް ފަހަކަށް އައިސް ވަރަށް ފެންވަރު ދަށްވެފައިވާ ކަމަށެވެ. އަދި އެކައުންޓުގައި ހުންނަ ފައިސާއަށް ވާނުވާ ނޭނގި މަދުވަމުންދާ ކަމަށާއި، އޭނާގެ އެކައުންޓް ހުސްކޮށްލާފައިވާ ކަމަށެވެ. އދި އެ ޝަކުވާ ކުރުމުން، މަސައްކަތު ދެ ދުވަސް ތެރޭގައި ހައްލުކުރާނެ ކަމަށް ބުނެ، ހަފުތާއެއް ވާއިރުވެސް ހައްލުނުވާ ކަމަށެވެ. މިއީ ރާއްޖެއިން ބޭރުގައި ކިޔަވާށާއި އެހެނިހެން ކަންކަމުގައި އުޅޭ ދިވެހިންނަށް ވަރަށް ބޮޑެތި ތަކުލީފުތަކެއް ކުރަންޖެހިފައިވާ ކަމެއް ކަމުގައިވެސް އޭނާ ފާހަގަކުރިއެވެ.
ޝިހާބު އަދި ބުނީ އެ މައްސަލަ ޓްވިޓަރގައި މިގޮތަށް އާންމުކުރަން ޖެހުނީ މައްސަލައަށް ކިހާ އަވަހަކަށް ހައްލެއް ގެނެސްދޭތޯ ބެލުމުގެ ނިޔަތުގައި ކަމަށެވެ. "ސީދާ ބޭންކަށް ގުޅައިގެން ކަމެއް ހައްލުކުރުމަކީ ފަރުބަދައަކުން އަރަން އުޅުން ކަހަލަ (އުނދަގޫ) ކަމެއް،" އޭނާ ބުންޏެވެ.
ޝިހާބުގެ މި ޓްވީޓާ ގުޅިގެން ނާއިފު ޝައުކަތު ބުނީ "ތިއީ ގައުމުގައި އުޅޭ މީހުންނަށް ވެސް ޖެހޭ ހާލަތު" ކަމަށެވެ.
"އެކަމަކުވާ! ކިހިނެއް ކައިބޮއެ އުޅެނީ ލާރި ނެގޭނެ ގޮތެއް ނެތިއްޔާ؟" ޝިހާބު ޖަވާބު ދިނެވެ.
ޝިހާބުގެ ޝަކުވާ، ބީ.އެމް.އެލް އަށް ޓެގްކޮށް، އާންމުކުރުމުން، ބޭންކުން ޖަވާބު ދީފައި އޮތީ، މައްސަލަ ހައްލުކުރަން، ކަސްޓަމަރުގެ އައި.ޑީ ކާޑު ނަންބަރު ސީދާ މެސެޖަކުން ބޭންކަށް ފޮނުވުމަށެވެ.
"އެއީ އޮޓޯއިން އަންނަ މެސެޖެއް،" ފުރުގާން ކިޔާ މީހަކު ބުންޏެވެ.
ތިރީގައި މި ވަނީ މި މައްސަލައިގައި ޓުވިޓަރގައި ބަދަލުކޮށްފައިވާ މެސެޖުތަކެވެ.



ދިވެހި ރައްޔިތުންގެ ބޭންކު ކަމަށް ދައުވާކުރާ ބީ.އެމް.އެލްގެ އިހުމާލާއި ފަރުވާކުޑަ ކަމުގެ މައްސަލަތައް ވަނީ ފުނިޖެހިފައެވެ. ބީ.އެމް.އެލްގެ އިހުމާލުން ސްކައުޓް އެސޯސިއޭޝަންގެ އެކައުންޓްތައް ކަމާ ނުބެހޭ މީހަކަށް ދިނުމުން އޭނާ ވަދެ އޭގެން ފައިސާގެ މުއާމަލާތް ދާދި ފަހުން ވަނީ ހިންގައިފިއެވެ. އަދި ބީ.އެމް.އެލްގެ ނަމުގައި އެކި މީސްމީހުން ފޯނުކޮށް، މަކަރާއި ހީލަތުން އެކައުންޓް ނަންބަރާއި ޕާސްވޯޑް ހޯދައިގެން އެކި މީހުންގެ އެކައުންޓުން ފައިސާ ނެގުން ރާއްޖޭގައި ވަނީ އާންމުވެފައެވެ. އަދި ބޭންކުގެ އެކައުންޓްތަކުން ބީ.އެމް.އެލްގެ މުވައްޒަފުންވެސް ވަގަށް ފައިސާ ނަގާކަން ވަރަށް ގިނަ ފަހަރު ވަނީ ފަޅާއަރައިފައެވެ. މީގެ އިތުރުން އިންޓަނެޓް ބޭންކިންގެ ހިދުމަތް އިރުއިރުކޮޅާ މެދުކެނޑުމާއި އެކައުންޓުގައި ހުންނަ ފައިސާގެ އަދަދު ސުމަކަށް ބަދަލުވުމާއި އޭޓީއެމްތަކުންނާއި ޕީ.އޯ.އެސް އިން ހިދުމަތް މެދުކެނޑިފައި ގިނަ އިރުތަކަކު ހުންނަންޖެހުމާއި ވަރަށް ގިނަ ފަހަރު އޭޓީއެމްތަކުން ފައިސާ ހުސްވެފައި ހުރުން ފަދަ އެތައް ކަމަކާ ހުރެ އާންމުންގެ ޝަކުވާ އަބަދުމެ އޮންނަނީ ފުނިޖެހިފައެވެ.



advertisment


2 Responses
ހުރިހާ މީހުންގެ އެކައުންޓް ތައް އިންޑިއާ ބޭންކަށް ބަދަލު ކުރުވަން ޖަހާ މަޅިޔަކަށް ވުންވެސް ދުރެއްނޫނެވެ.
ކުރީ ފަހަރު ވައްކަންކުރި މީހުންގެ އަޑެއް ފަހަކުން ނީވެއެވެ. އަދި ވީގޮތެއް ވެސް ނޭނގެއެވެ.