Support Us

އެސްޓީއޯގެ އެމް.ޑީ ހުސެއިން އަމްރު (ވ) 96 އެމްބިއުލާންސް ހެލްތު މިނިސްޓަރު އަހުމަދު ނަސީމާ ހަވާލުކުރައްވަނީ. -ފޮޓޯ: އެސްޓީއޯ 

އެސްޓީއޯއާ ހަވާލުކުރި 96 އެމްބިއުލާންސް ގެނެސް ހެލްތް މިނިސްޓްރީއާ ހަވާލުކޮށްފި

މިއަދު ހަވާލުކުރި 19 އެމްބިއުލާންސާއެކު، ރަށްރަށުގެ ހޮސްޕިޓާތަކާއި ސިއްހީ މަރުކަޒުތަކަށް އެސްޓީއޯ މެދުވެރިކޮށް ސަރުކާރުން ގެންނަ ޖުމްލަ 96 އެމްބިއުލާންސް ހެލްތު މިނިސްޓްރީއާ މިއަދު ހަވާލުކޮށްފިއެވެ.

ރާއްޖެ ގެނެސްދޭން މިދިޔަ އަހަރުގެ ޖޫން 10ގައި ހެލްތު މިނިސްޓްރީން އެސްޓީއޯއާ ހަވާލުކުރި 96 އެމްބިއުލާންސް ޕްރޮޖެކްޓްގެ ނިމުން ފާހަގަކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމީޔާތެއްގައި، ފަސް ވަނަ އަދި އެންމެ ފަހު ބުރުގެ އެމްބިއުލާންސްތައް ރަސްމީކޮށް ހެލްތު މިނިސްޓަރު މަސްއޮޑި އަހުމަދު ނަސީމާ ހަވާލުކޮށް ދެއްވީ އެސްޓީއޯގެ އެމް.ޑީ ހުސެއިން އަމްރެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަސީމު ވިދާޅުވީ އެމްބިއުލާންސްތަކަށް ފައިސާ ދެއްކުމަށް އެސްޓީއޯ އިން ތިން އަހަރުގެ މުއްދަތެއް ސަރުކާރަށް ދީފައިވާ ކަމަށެވެ.

މި ޕްރޮޖެކްޓުގެ ދަށުން އެސްޓީއޯ އިން ގެނެސްފައިވާ އެންމެ ފަހު 19 އެމްބިއުލާންސް. -ފޮޓޯ: އެސްޓީއޯ

ނަސީމު އަދި ވިދާޅުވީ މިއަދު ހަވާލުކުރި 19 އެމްބިއުލާންސް ވެސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރާނީ އެސްޓީއޯއިން ކަމަށާއި އަދި އެކި ރަށްރަށުގައި ހުރި ބާ އެންބިއުލާންސްތައް އަނބުރާ މާލެ ގެނެސް ހެލްތު މިނިސްޓްރީއާ ހަވާލުކޮށްދޭނީ ވެސް އެސްޓީއޯ އިން ކަމަށެވެ.

ޓޮޔޯޓާ ބްރޭންޑް މި އެމްބިއުލާންސްތައް ގެނައުމަށް އެސްޓީއޯއާ ހަވާލުކުރީ ކިހާ ފައިސާއަކަށް ކަމެއް ނޭނގެއެވެ. އަދި މި ފަހަރުގެ އެމްބިއުލާންސް ފޮނުވަން ނިންމައިފައި ވަނީ ކޮންކޮން ރަށްތަކަކަށް ކަމެއް ވެސް އަދި ނޭނގެއެވެ.