ދުނިޔޭގެ މަޝްހޫރު މޭކަޕް ބްރޭންޑެއް ކަމަށްވާ ނޯޓް ކޮސްމެޓިކްސްގެ މޮނޯ އައުޓްލެޓެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުގައި ހުޅުވައިފިއެވެ. މިއީ ނޯޓް ކޮސްމެޓިކްސް އިން ރާއްޖޭގައި ގާއިމްކުރި އެ ކުންފުނީގެ ދެވަނަ މޮނޯ އައުޓްލެޓެވެ.
ތަފާތު ފަރުމާއަކަށް ތައްޔާރުކޮށް ދާދި ފަހުން ހުޅުވި އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުގައި މިރޭ އޮތް ހަފްލާއެއްގައި މި އައުޓްލެޓް ހުޅުއްވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރާއި އެ ކުންފުނީގެ ބޯޑު މެންބަރު އައިމިނަތު ރުޝްމާއެވެ.
ނޯޓް ކޮސްމެޓިކްސް މޮނޯ އައުޓްލެޓްގެ ރަމްޒީ ތަޅުދަނޑި އެސްޓީއޯގެ އެމް.ޑީ އަމްރުއާ ހަވާލުކޮށްދެއްވީ ނޯޓް ކޮސްމެޓިކްސްގެ ރީޖަނަލް ޑައިރެކްޓަރ ސިހާނެވެ.

ނޯޓް ކޮސްމެޓިކްސް ރާއްޖޭގައި ވިއްކާ ނިއު އެޑިޝަންގެ ޗީފް މާކެޓިން އޮފިސަރު އިސްމާއީލް އަޒްމީ މި ހަފްލާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެސްޓީއޯ ޕީޕަލްސްގެ ޗޮއިސް ސުޕަމާޓުގައި ހުޅުވުނު އައުޓްލެޓުގެ ސަބަބުން އެ ކުންފުނީގެ ވަރަށް ބޮޑު ހުވަފެނެއް ހަގީގަތަކަށްވެއްޖެ ކަމަށެވެ.
STO’s CEO & MD @HusenAmr and Board Member @rushma launches Note Cosmetique second international mono outlet in the Maldives at our @stopc_mv ☺️????
Be sure to drop by as you visit our grand store! pic.twitter.com/inHJu3lGpU— STO (@stoplc) March 25, 2022



advertisment

