ދިވެހިންގެ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގައި ހުޅުވާފައި ހުންނަ އެކައުންޓުން ވެރިފަރާތްތަކަށް ނޭނގި ޑޮލަރުތަކެއް ނެގިކަން ފަޅާއަރައިފިއެވެ.
ފަރިބެ ނަމަކަށް ކިޔާ މީހަކު ޓްވިޓަރގައި ބުނެފައި ވަނީ، އޭނާ ނުކުރާ ވިޔަފާރިއަކަށް، އޭނާގެ އެކައުންޓުން 100 ޑޮލަރު ކޮންމެވެސް ވެބްސައިޓަކުން ކެނޑިކަމުގެ މެސެޖެއް އޭނާއަށް ލިބިފައިވާ ކަމަށެވެ. އަދި ހަމަ އެ ކަހަލަ ޓްރާންސެކްޝަނެއް އޭނާގެ ދައްތަ (ނުވަތަ ކޮއްކޮ)ގެ އެކައުންޓުން ވެސް ހަދައިފައިވާ ކަމަށެވެ.
ފަރިބެގެ މި ޓުވީޓާ ގުޅިގެން ބައެއް މީހުން ބުނެފައި ވަނީ އެ މީހުންގެ އެކައުންޓުން ވެސް އެގޮތަށް ފައިސާ ކަނޑައިފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.
"ހަމަ ތިކަހަލަ ކަމެއް އަހަރެންގެ އެކައުންޓުންވެސް ވެއްޖެ. ވެބްސައިޓަށް ވަދެ އިންޓަނެޓް ބޭންކިން ފްރީޒްކޮށްލެވޭނެ. އަހަރެން އެހެން ހަދައިފިން. އެކަމަކު އެ މީހުން (ބޭންކުން) ބުނަނީ އަހަރެން ޖެހޭނެޔޭ ޑިސްޕިއުޓް ފޯމަކުން މައްސަލަ ހުށަހަޅަން،" މިމްރާހު ނައީމު ބުންޏެވެ.
"އަހަރެން ގަބޫލެއް ނުކުރަން ޑިސްޕިއުޓް ފޯމު އަހަރުމެން ފުރަންޖެހޭނެ ކަމަކަށް. ބޭންކުން އެކަން ކުރީ. އެކަމުގެ ޒިންމާ ބޭންކުން ނަގަންޖެހޭނެ،" މިމްރާހަށް ރައްދުދީ ފަރިބެ ބުންޏެވެ.
މޫސާ ޝާޒު ބުނީ މިއީ ބޭންކުން ހިންގާ ޖަރީމާތައް ކަމަށެވެ.
"ދެން ބުނާނެ އަހަރެމެން ކާޑު ޑީޓެއިލްސް ދީގެން އެހެން މީހަކު ބޭނުންކޮށްލީއޭ. ދުވަހަކު ބޭންކުން ޒިންމާވާންޖެހޭ ކަމެއް ނުވާނެ. ދިވެހިންގެ ލޭ ބޮއެގެން އުޅެން ބޭނުންވާ ބޭންކެއް (ބީއެމް.އެލް އަކީ)،" ޝާޒު ބުންޏެވެ.
ފަރިބެ ބުނީ އޭނާގެ އެކައުންޓުން ގެއްލުނު ފައިސާ ބޭންކުން ޖަމާކޮށްދޭންޖެހޭނެ ކަމަށާއި އެއީ ބޭންކުގެ މައްސަލައެއް ކަމަށެވެ.
މި ޓްވީޓުތައް ކިޔައިފައި ސަމާން ޝަމީމް ވެސް ބުނީ އޭނާގެ އެކައުންޓުން ވެސް ފައިސާތަކެއް ކަނޑައިފައިވާ ކަމަށެވެ. ތަފްސީލެއް ނުދެއެވެ.
ތިރީގައި މި ވަނީ މި މައްސަލައާ ގުޅޭ ބައެއް ޓްވީޓުތަކެވެ.



ބީ.އެމް.އެލްގެ އިހުމާލާއި ފަރުވާކުޑަ ކަމުގެ މައްސަލަތައް ވަނީ ފުނިޖެހިފައެވެ. ބީ.އެމް.އެލްގެ އިހުމާލުން ސްކައުޓް އެސޯސިއޭޝަންގެ އެކައުންޓްތައް ކަމާ ނުބެހޭ މީހަކަށް ދިނުމުން އޭނާ ވަދެ އޭގެން ފައިސާގެ މުއާމަލާތް ދާދި ފަހުން ވަނީ ހިންގައިފިއެވެ. އަދި ބީ.އެމް.އެލްގެ ނަމުގައި އެކި މީސްމީހުން ފޯނުކޮށް، މަކަރާއި ހީލަތުން އެކައުންޓް ނަންބަރާއި ޕާސްވޯޑް ހޯދައިގެން އެކި މީހުންގެ އެކައުންޓުން ފައިސާ ނެގުން ރާއްޖޭގައި ވަނީ އާންމުވެފައެވެ. އަދި ބޭންކުގެ އެކައުންޓްތަކުން ބީ.އެމް.އެލްގެ މުވައްޒަފުންވެސް ވަގަށް ފައިސާ ނަގާކަން ވަރަށް ގިނަ ފަހަރު ވަނީ ފަޅާއަރައިފައެވެ. މީގެ އިތުރުން އިންޓަނެޓް ބޭންކިންގެ ހިދުމަތް އިރުއިރުކޮޅާ މެދުކެނޑުމާއި އެކައުންޓުގައި ހުންނަ ފައިސާގެ އަދަދު ސުމަކަށް ބަދަލުވުމާއި އޭޓީއެމްތަކުންނާއި ޕީ.އޯ.އެސް އިން ހިދުމަތް މެދުކެނޑިފައި ގިނަ އިރުތަކަކު ހުންނަންޖެހުމާއި ވަރަށް ގިނަ ފަހަރު އޭޓީއެމްތަކުން ފައިސާ ހުސްވެފައި ހުރުން ފަދަ އެތައް ކަމަކާ ހުރެ އާންމުންގެ ޝަކުވާ އަބަދުމެ އޮންނަނީ ފުނިޖެހިފައެވެ.



advertisment


2 Responses
އަޅުގަނ’ޑުގެ އެކައުނޓުން ވެސް ބައިވަރު ފަހަރު ތިކަނ ވެއްޖެ. ކުރީން ހީކުރީ މަށަށް އޮޅެނީ ކަމަށް.
ބޮއިކޮޓް ބީއެމްއެލް ޕްލީޒް.
ބީއެމްއެލް ގެ މައްސަލަ ތަކަކީ މިއަދަކު އިއްޔެއަކު އުފަންވި މައްސަލަތަކެއް ނޫން. ބީއެމްއެލް އިން އެބަހުރި މީގެކުރިން ފޭކު ފަސްސަތޭކަގެ ނޫޓުވެސް ދީފަ. އެންމެ ފުރަތަމަ މަލްޓިޕާޓީން ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ކެމްޕޭނު ކުރި ދުވަސްވަރު. އެހެންވީމަ ވައްކަމާ މަގުފޭރުމުގެ ޢަމަލުތައް ހިންގާ ގޭންގެއްގެ ގޮތުގަ މިހާރު ދިވެހި ބޭންކު ސިފަވޭ.