Support Us

އެންޒީގެ މުގުރިމަސް ޕެކެޓެއްގައި ސޫފިތައް ދުވާ ވީޑިއޯއެއް

މަހުގެ އެކި ބާވަތްތަކުގެ އުފެއްދުންތަކަށް މަޝްހޫރު އެންޒީ މަރުކާގެ މުގުރިމަސް ޕެކެޓެއް ތެރޭގައި ސޫފިތަކެއް ދުވާ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ބައި މިނިޓުގެ އެ ވީޑިއޯ އިން ފެންނަނީ ފިހާރައެއްގެ ކޭޝް ކައުންޓަރު މަތީގައި ނުކަނޑާ ހުރި 150 ގުރާމުގެ މުގުރިމަސް ޕެކެޓްތެރޭގައި އެކި ސައިޒުގެ ސޫފިތައް އުޅޭ ތަނެވެ. އެ ޕެކެޓްތެރެއިން މަދުވެގެން ހަތަރު ސޫފި ދުވާތަން ފެނެއެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ މުގުރިމަސް ޕެކެޓްގެ މުއްދަތު ހަމަވާނީ މި އަހަރުގެ ޖުލައި 22 އަށެވެ. އެހެންކަމުން، ފުދޭ ވަރަކަށް ބޮޑުވެފައި ހުރި ސޫފިތައް އުޅޭ މުގުރި މަސް ޕެކެޓްގެ މުއްދަތު ހަމަވާން އަދި ހަތަރު މަސް އެބައޮތެވެ.

މި މައްސަލައިގައި އެންޒީން އަދި ވަކި އެއްޗެއް ނުބުނެއެވެ.