Support Us

ކޮލަމް: ވިނަވި

ކޮލަމް ވިނަވި: ރާއްޖޭގައި ގިނަ އަދަދެއްގެ ދެވި ގެންގުޅުނުކަން އެނގޭތަ؟

އިސްލާމް ނުވާއިރު ރާއްޖޭގައި ގިނަ އަދަދެއްގެ ދެވި ގެންގުޅުނެވެ. އޭގެ ތެރެއިން ބައެއް ދެވިތަކުގެ ނަންތައް މިހާރު ވެސް ބޭނުން ކުރެވެއެވެ. ނަމަވެސް މިހާރު ދެވިތަކަށް ލިބިފައިވަނީ ޝައިޠާނުންގެ ދަރަޖައެވެ. މި ފަދަ ބައެއް ދެވިތައް ތިރީގައި މި ބަޔާންކުރަނީއެވެ:

  1. ރަވޯ: އެއީ ޅަކުދިންނާ ފާވެގެން އުޅޭ ޝައިޠާނެކެވެ. ކުދިންނަށް ޒާތްޒާތުގެ އުނދަގޫ ދީ، ހަށިހިއްކައި، ރޮއްވައި، އަރާމު ލިބުނަނުދީ އުޅެއެވެ.
  2. އޮޑިތާން: އެއީ ކަނޑުގެ ފަހުލަވާނެކެވެ. ކަޅުހިލަ ދަޔަކަށް އަރައިގެން ބިންހިމަ ފަތަކުން ރިޔަލެއް ނަގައިގެން ދުއްވައި އުޅެއެވެ.
  3. ހެއި މޫސާ: މިއީ ވެސް އޮޑިތާން ކަހަލަ ދެއްވެކެވެ.
  4. ދިޔޯ: މިއީ ރޫހާނީ ރާނީއެކެވެ.
  5. މިސްކިތް ދާރަ: މިއީ ރާއްޖެ އިސްލާމްވުމުގެ ފަހުން އުފެދުނު ދެއްވެކެވެ. އެއިން އެއްވެސް އުނދަގުލެއް ނުފޯރައެވެ.
  6. ހަންޑި: މިއީ އަންހެން ދެއްވެކެވެ. ވަރަށް ދެރަވަރު، މުޑުދާރު އެއްޗެކެވެ.
  7. ވިގަނި: މިއީ މަރުގެ ރޫހާނީ ކަމެވެ. އިހު މީހުން ގަބޫލު ކުރިގޮތުން ކުއްލިކުއްލިއަށް މީހުން މަރުވުމާއި ވަބާތަކާއި ރޯގާތަކުގެ ސަބަބަކީ ވިގަންޏެވެ.
  8. ކުޑަ ފޫޅު: މިއީ ވަރަށް މުޑުދާރު، ވަރަށް ގިނަ ދުއްތުރައު ދޭ އެއްޗެކެވެ.
  9. އިފުރިންފަރާ: އެއީ ވަރަށް ބޮޑު ރޫހާނީ ރަސްކަލެކެވެ. ބޮޑެތި ކިޔެވެލިތައް ކިޔަވައި އޭނާގެ މައްޗަށް ގުރުބާން ކަތިލެވޭ ކަމަށް ބުނެވެއެވެ.
  10. އޮޑިވަރު ރެއްސި: މިއީ ކަނޑުގައި އުޅޭ ޝައިޠާނެކެވެ. މަސްވެރިންނާ ދިމާކުރެއެވެ.
  11. ކިއްސައްދެވި: މިއީ ގަބުރުސްތާނުގައި އުޅޭ ޝައިޠާނެކެވެ. މި ދެވި މީހުންނަށް ބަލި ޖައްސައި، ކުލަ ރީނދޫކޮށް، މާބަނޑު މީހުންގެ ބަނޑުގައި ރޮނގު އަޅައި ހަދައެވެ.
  12. މުޅަދެވި: މިއީ ވެސް ގަބުރުސްތާނުގައި އުޅޭ ދެއްވެކެވެ.
  13. ހާމުންޑި: މިއީ ގޭގައި އުޅޭ ދޫނި ސޫފީގެ ދެތްވެކެވެ. އެ އިންނާނީ ހިޔަ ފިޔޮއް ގޮވައިގެން އިންނަ ފީކުކުޅެއް ހެންނެވެ.
  14. ބަބުރުކަލޯ: މި ދެތްވަށް ބަޑިއެދުރުކަލޭގެ ނުވަތަ ބަޑި ފުރޭތައޭ ވެސް ކިޔައެވެ. މިއީ ކުށްފާރު ޖިންނިއެކެވެ. އަބަދު ވެސް ބަޑިއެއް ގެންގުޅެއެވެ. އޭނާގެ ނަންގަނެވިއްޖެ ކޮންމެ ތާކު ހުރެއެވެ.
  15. ދޯގިއައިހާ ކަނބުލޭގެ: މިއީ ބަޑި އެދުރުކަލޭގެ އަނބި މީހާއެވެ. އޭނާ ހުޅާއި ކަށީގައި ރިއްސާ ބަލި ޖައްސައެވެ.

މި ޒަމާނުގެ ގިނަ މީހުން ދެވި އުޅޭކަމަށް ގަބޫލެއް ނުކުރެއެވެ. އެހެނަސް ފަންޑިތަވެރިން މިހާރުވެސް އެ ތަކެތީގެ ބޭނުން ހިފައެވެ. މި ޕޯސްޓްގެ މަޤްސަދަކީ ދެވި އެއްޗެތި އިޝްތިހާރު ކުރުމެއް ނޫނެވެ.

ރިފަރެންސް: ޙުސައިން ޞަލާޙުއްދީން (1933) "ދިވެހިރާއްޖޭގެ ދެވިތައް،" އަލް އިސްލާޙް މަޖައްލާ

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
111

One Response

  1. އޮޑިތާން އެއީ ދެއްވެއްތަ ނޫނީ ވަރުގަދަ ފަންޑިތަވެރިއެއްތަ؟ ހަންޑިއަކީ ވަރަށް ނަލަހެދގެން އުޅެ އެއްޗެއް ނޫންތަ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *