Support Us

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

ކުށް ސާބިތުކުރަން ދިން ތިން މަސް ހަމަވުމުން އުމަރުގެ ރިޔާސީ ކެމްޕޭން އަލުން ފަށައިފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާ ދެކޮޅަށް ދައުލަތުން ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައިގައި ކުށް ސާބިތުކުރުމަށް ދައުލަތަށް ދިން ތިން މަސް ހަމަވިއިރުވެސް، އެއްވެސް ކުށެއް ސާބިތުކޮށްނުދެވުމުން އޭނާގެ ރިޔާސީ ކެމްޕޭން މިއަދު އަލުން ފައްޓަވައިފިއެވެ.

އުމަރު ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު ޖަލަށް ލުމަށްފަހު އޭނާ ޖަލަށް ލާންޖެހޭނެ ކަމަށް އެމް.ޑީ.ޕީގެ މަޖްލިސް މެންބަރަކު ވިދާޅުވިތާ ދުވަސްކޮޅެއް ފަހުން، އޭސީސީގެ މެންބަރުން ވަކިކުރާނެކަމުގެ އެތައް އިންޒާރުތަކަކަށްފަހު، އަދި ބައެއް ބޭފުޅުން އިސްތިއުފާ ދެއްވުމަށްފަހު، އޭނާގެ މައްސަލައެއް އޭސީސީން ޕީޖީ އަށް ފޮނުވި ކަމަށެވެ. އެއާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު އޭނާ ވަނީ ރިޔާސީ ކެމްޕޭން މެދުކަނޑައިލެއްވިކަން އިއުލާން ކުރައްވައިފިއެވެ.

"މިކަމާ ގުޅިގެން ދައުލަތަށް އިޙުތިރާމް ކުރުމުގެ ގޮތުން 90 ދުވަހަށް އަޅުގަނޑުގެ ރިޔާސީ ކެމްޕޭން މެދުކަނޑާލައި، ކުށް ސާބިތުކުރުމަށް ތިން މަސް ދުވަސް ދައުލަތަށް އެރުވީމެވެ." އުމަރު ވިދާޅުވިއެވެ. "މިއަދު އެ މުއްދަތު ހަމަވިއިރު ކުށެއް ސާބިތުކޮށެއް ނުދެވުނެވެ. އެހެން ކަމުން މިއަދުން ފެށިގެން އަޅުގަނޑުގެ 2023 ވަނަ އަހަރުގެ ރިޔާސީ ކެންޕޭން އަލުން ފަށައިފީމެވެ."

އުމަރު އޭނާގެ ފޭސްބުކްގައި މިއަދު ވިދާޅުވި ގޮތުގައި "އެމް.އެމް.ޕީ.އާރު.ސީ އާއި މިނިވަން 50 އާއި އަޅުގަނޑުގެ ވަޒީރު ކަމުގައި ހަވާލުވެ ހުރި ހަތް އިދާރާ ހަތް އަހަރު ވަންދެން ހާވައި ބަލައިގެން ސާބިތުވީ 'ހުދު ވަލު’ގެ ހުދު ކަމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *