Support Us

އަންގްސާނާ ވެލާވަރުގެ މެނޭޖަރު އަހުމަދު ޒާހިރު

އަންގްސާނާ ވެލާވަރު ރިސޯޓުން އަހަރީ ބޯނަހަށް ތިން މަހުގެ މުސާރަ 

ޖަނަވަރީގެ ސާވިސްޗާޖް: 1،095 ޑޮލަރު

ސިންގަޕޫރުގެ މަޝްހޫރު ބަންޔަންޓްރީ ގުރޫޕުން ރާއްޖޭގައި ހިންގާ އަންގްސާނާ ވެލާވަރު ރިސޯޓުން މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ތިންމަސް (12 ހަފުތާ)ގެ މުސާރަ ދީފިއެވެ. އަދި ޖަނަވަރީ މަހުގެ ސާވިސްޗާޖްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 1،095 ޔޫ.އެސް ޑޮލަރު (16،800ރ.) ދީފައިވާ ކަމަށް ވެސް އެ ރިސޯޓުގެ މެނޭޖްމަންޓުން ބުނެއެވެ.

އަންގްސާނާ ވެލާވަރަކީ ބަންޔަންޓްރީ ގުރޫޕުން ރާއްޖޭގައި ހިންގާ ތިން ރިސޯޓްގެ ތެރެއިން އަހަރީ ބޯނަސް އެންމެ ބޮޑުކޮށް ދިން ރިސޯޓެވެ. އެހެންކަމުން ދ. އަތޮޅުގައި ހިންގާ ފަސްތަރީގެ ލަގްޒަރީ ރިސޯޓު ހިމެނިގެން ގޮސްފައި ވަނީ ރާއްޖޭގައި ހިންގާ ބޮޑެތި ރިސޯޓުތަކުގެ ތެރެއިން އަހަރީ ބޯނަސް އެންމެ ބޮޑުކޮށް ދިން ރިސޯޓުގެ ގޮތުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ބަންޔަންޓްރީ އަކީ ރާއްޖޭގައި އެންމެ ބޮޑު ސާވިސް ޗާޖެއް ސްޓާފުންނަށް ބަހަން ފެށި އަދި ސްޓާފުންގެ އިނާޔަތް އެންމެ ރަނގަޅު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ.

އަންގްސާނާ ވެލާވަރުގެ މެނޭޖަރު އަހުމަދު ޒާހިރު "އަދިވެސް" އަށް މިއަދު ވިދާޅުވީ، އަހަރީ ބޯނަސް އާއި ސާވިސް ޗާޖު ހިމެނުމުން، އެންމެ ކުޑަ މުސާރަ ލިބޭ މުވައްޒަފު ވެސް ފެބްރުވަރީ މަހު 38،000ރ. ގެއަށްގެންދިޔަ ކަމަށެވެ.

ޖުމްލަ 34 މޫދު ވިލާ އާއި 79 ލޭންޑް ވިލާ ހުންނަ އެ ރިސޯޓުގައި 210 މުވައްޒަފުން މަސައްކަތް ކުރެއެވެ.

ޒާހިރު ވިދާޅުވީ އަހަރީ ބޯނަސް ދެނީ އެ އަހަރަކަށް ކަނޑައެޅި ބަޖެޓް ހާސިލް ކުރެވުނު މިންވަރަށް ބަލައިފައި ކަމަށެވެ. އެގޮތުން ކޮވިޑްގެ އާލަމީ ވަބާގެ ގޮންޖެހުންތަކާއެކުވެސް މިދިޔަ އަހަރަށް އަމާޒު ހިފި ބަޖެޓަށް ވާސިލް ވެވުނު މިންވަރަށް ބަލައި، ބޯނަސްގެ ގޮތުގައި 12 ހަފުތާގެ މުސާރަ ބަހަން ބަންޔަންޓްރީގެ މެނޭޖްމަންޓުން ނިންމީ ކަމަށް ޒާހިރު ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *