Support Us

"ސޭވް އެނާޖީ" ކުޑަކުދިންގެ ހަވީރު ވަރަށް ކާމިޔާބު: ސްޓެލްކޯ

މި އަހަރުގެ ހޫނުގަދަ ދުވަސްވަރާ ދިމާކޮށް، ކަރަންޓު އިގްތިސާދު ކުރުމަށް ބާރުއަޅައި، ސްޓެލްކޯއިން ހިންގާ ސޭވް އެނާޖީ ކެމްޕެއިންގެ ދަށުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި އިއްޔެ ބޭއްވި ކުޑަކުދިންގެ ހަވީރު "ވަރަށް ކާމިޔާބު" ކަމުގައި ސްޓެލްކޯ އިން ބުނެފިއެވެ.

ކުޑަ ކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، ރަނގަޅު ގޮތުގައި ކަރަންޓު ބޭނުން ކުރުމުގެ މުހިއްމުކަމާއި، ކަރަންޓު އިގުތިސާދު ކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ދިނުމުގެ އިތުރުން، އެކުދިންގެ ހުނަރު ދައްކާލުމާއެކު ތަފާތު އެކި ކުޅިވަރުތަައް ކުޅެ، ހަދިޔާތައް ވަނީ ބަހައިފައެވެ.

އިއްޔެގެ ކުޑަކުދިންގެ ހަވީރުގައި ވަނީ ކަރަންޓު ހަރަދު ކުޑަ އެލްއީޑީ ބޮކި ބެހުމުގެ އިތުރުން ރޮބޯމޭންގެ ހަރަކާތްތަކާއި ކަޕްކޭކާއި ކުޑަކުދިންނާ ގުޅުން ހުރި އެކި ކަހަލަ ގޭމްތައް ކުޅުން ވެސް ބާއްވައިފައެވެ.

ސްޓެލްކޯ އިން ބުނީ އެނާޖީސޭވިން ކެމްޕެއިން ކުރިޔަށްދާއިރު، މިފަދަ އިތުރު ހަރަކާތްތައްވެސް ކުރިޔަށް އޮތް ދުވަސްތަކުގައި ބޭއްވުމަށް ވަނީ ނިންމާފައި ކަމަށެވެ.