ޕެޓްރޯލާއި ޑީސަލް ވިއްކާ އަގުތައް އެސްޓީއޯ އިން މިއަދު ބޮޑުކޮށްފިއެވެ.
އެސްޓީއޯ އިން ބުނީ ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ބަދަލުތަކާއެކު، ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފް.އެސް.އެމް)ގެ ސްޓޭޝަން ތަކުން ވިއްކާ ޕެޓްރޯލް ލީޓަރެއް 12.98ރ. އަށް އަދި ޑީސަލް ލީޓަރެއް 13.04ރ. އަށް ބޮޑުކޮށްފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު 12 އިން ފެށިގެން އެސްޓީއޯ އިން ޕެޓްރޯލް ލިޓަރެއް ވިއްކީ 11.16ރ. އަށެވެ. އަދި ޑީސަލް ލިޓަރެއް، 11.84ރ. އަށެވެ.
Announcement ????
▫️Changes in fuel price effective 13th February 2022 pic.twitter.com/R5uiDKhpV0— STO (@stoplc) February 12, 2022
"
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓުމެއްނެތި ދަނީ އުފުލެމުންނެވެ. މީގެ ސަބަބުން، މި ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގުވެސް ވަނީ އެތައް ގުނައެއް އުފުލިފައެވެ." އެސްޓީއޯ އިން ބުންޏެވެ.
"އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މި ކުންފުނިން ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށެވެ."



advertisment

