Support Us

ކޮލަމް: ވިނަވި

ކޮލަމް ވިނަވި: ދިވެހި ބަހުން ލިޔުމުގައި ހުސް ނޫނު ބޭނުން ކުރުން

ދިވެހިބަހުން ލިޔުމުގައި "ބޯދާގަޑި" މިއިން އަކުރެއް އަންނަ ކޮންމެ ތަނެއްގެ ކުރިއަށް ހުސް 'ނ' ގެނައުން ލާޒިމެއް ނޫނެވެ. 'ނ' ގެންނަން ޖެހެނީ 'ނ' ނެތުމުން އޮޅިދާނެ އެހެން ލަފްޒެއް އޮތިއްޔާއެވެ. އެއީ އަކުރުތަކާއި ފިލި އެއްގޮތް އެހެން ލަފުޒެކެވެ.

މިގޮތަށް ބަލާއިރު ހަތިޔާރެއްގެ ގޮތުގައިި ގެންގުޅޭ ކަނޑިއާއި ދޯނިފަހަރުގައި ހާކާ ކަޑި ތަފާތުކުރަން 'ނ' އެއް ބޭނުންވެއެވެ. ގޯތިތެރޭގައި އުޅޭ ބޮނޑާއި ކުއްޖަކު ވާ ބޮޑު ތަފާތު ކުރަން ވެސް 'ނ' ބޭނުންވެއެވެ. އުޑުގައި ހުންނަ ހަނދާއި އެއްޗެތި އަޅާ ހަދާ ތަފާތުކުރަން ވެސް 'ނ' ބޭނުން ވެއެވެ.

މިއާ ޚިލާފަށް ހުވަނދު، ތެލަނގަ، ކަނދި ފަދަ ބަސްބަހާ އޮޅޭނެ އެހެން ބަސްބަހެއް ނުހުރެއެވެ. ވީމާ އެއިން ބަހެއް ލިޔާއިރު 'ނ' ލާޒިމެއް ނޫނެވެ. މާތުރަ، 'ނ' ބޭނުންކުރުން ނުބައެއް ނޫނެވެ.

ރިފަރެންސް

ޢަލީ އަޙުމަދު، ހ. މާދޫގެ (1979) "ދިވެހިބަސް އޭގެ ޤަވާޢިދުތަކާއި ހަމަތަކުގެ މަތިން ލިއުއްވަމުން ގެންދަވާށެވެ،" ފަތްތޫރަ، އަދަދު 1، ޞ. 24

(ޢަލީ އަޙުމަދަކީ ތިކިތެޅި ތާނައިގެ ގިނަ އަކުރުތައް އުފެއްދެވި ބޭފުޅާއެވެ.)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

2 Responses

  1. އެއްޒަމާނެއްގައި، ހުސްނޫނު ލިޔަން ބޭނުންނޫން ކަމަށް ބެލެވުނު ހުރިހައި ތަނެއްގައި ވެސް މިހާރު ހުސްނޫނު ލިޔަން އެބަޖެހެޔޭ ދަންނަވާނަމެވެ. އޭރު އެޒަމާނުގައި /އިނބަ/ އަކީ /އިބަ/އެއް ނޫންކަން، /ވިލިނގިލި/، /ކުރުނބާ/، /ހުވަނދު/، /ދަގަނޑު/ ކަހަލަ ލަފުޒުތައް ކިޔާ އިރު ނޯށަށް އަރުވާލަންޖެހޭ ތަނަކީ ކޮބާކަން ގިނަ މީހުންނަށް އެނގުނަސް މިހާރަކަށް އައިސް އެކަން އެނގޭ މީހުން މަދުވަމުން އަންނާތީއެވެ. ޚާއްޞަކޮށް، މާލޭގައި އާންމުކޮށް ވާހަކަދައްކަމުން އައި ބަހުރުވަޔާ ތަފާތު ބަހުރުވަތަކުން ވާހަކަދައްކާ ބައެއް އަތޮޅުތަކުގެ ބައެއް ބޭފުޅުންނަށް ދެ ބަހުރުވައިގެ ތަފާތު ފާހަގަ (ފާހަނގައެއް ނޫން!) ކުރައްވަން ދަތިފުޅުވެ، އެކި ފަހަރު އެކި ގޮތަށް ލަފުޒުތައް ލިޔުއްވުމުން، ބޮޑެތިވަމުން އަންނަ ކުދީންނަށް އޮޅޭގޮތްވާތީއެވެ.

    1. ވަރަށް ރަނގަޅު އަދި މުހިއްމު ނުކުތާއެއް ތިޔަ ފާހަގަކުރައްވައި ހަނދާންކޮށްލަދެއްވީ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *