Support Us

ކޮލަމް: ވިނަވި

ކޮލަމް ވިނަވި: ރާއްޖެތެރޭ މީހުން މާލެ ފައިބަން ކުޑަސިޓީ ހެއްދިކަން އެނގޭތަ؟

ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ 1932 ގައި އިއުލާން ކުރި ފަހުން ޤާނޫނީ ގޮތުން އެންމެހާ ދިވެހި ރައްޔިތުން ހަމަހަމައެވެ. އެހެނަސް އެކަން އޭރު އޮތީ ވެސް، އަދި މިހާރު އޮންނަނީ ވެސް އެ ގޮތަކަށް ނޫނެވެ.

ރާއްޖެތެރެއާއި މާލެއާ ދެމެދުގެ ތަފާތު ނިޒާމީ ސިފައެއްގައި ލިޔެކިޔުމަށް ގެނެވުނީ 13 މޭ 1957 ގައި މާލޭ މުނިސިޕަލްޓީން އިއުލާންކުރި "ބީރައްޓެހިން މާލެ ފޭބުމުގެ ބައެއް ގަވާޢިދު"ންނެވެ.

ފަހުން މި ޤަވާއިދަށް ލުއިތަކެއް ގެނެސްފައި ވެއެވެ. މިސާލަކަށް އަތޮޅުވެރިންގެ ހުއްދައިގެ ބަދަލުގައި ކަތީބުގެ ހުއްދައިން ފުދޭގޮތަށް ހަމަޖެއްސިއެވެ. ހުއްދަ އޮތުމުގެ އިތުރަށް މާލެއަށް އާދެވޭނީ އުޅަނދެއްގެ ކުޑަ ސިޓީގައި ޖައްސައިގެންނެވެ.

ތިރީގައި ވާ ފޮޓޯގައި އެވަނީ މާލެ ފޭބި މީހެއްގެ ރަޖިސްޓަރީ ކާޑެކެވެ. (ނަން އެނގެން އޮތުމުގެ ސަބަބުން އެ ފަރާތަށް ލިބިދާނޭ ނަފްސާނީ ގެއްލުމަކަށްޓަކައި މައާފަށް އެދެމެވެ.)

ރާއްޖެތެރޭ މީހުން ކުޑަ ސިޓީގައި ޖެއްސުމާއި ގޭގެއަށް ރަޖިސްޓަރީ ކުރުން ނިމުމަކަށް އައީ 1990 ހާ ހިސާބުގައެވެ. އެކަމުގެ މައިގަނޑު ސަބަބަކީ ދަތުރުފަތުރު އިތުރުވެ، ސަފާރީއާއި މަތިންދާ ބޯޓު ފަދަ ކުޑަ ސިޓީ ނެތް އުޅަނދުފަހަރު ތައާރަފްވުމެވެ.

ކަވަރ ފޮޓޯގައި: މާލޭ ބަނދަރުމަތީގެ މަންޒަރެއް -ފޮޓޯ: ވޮނަދޮނަ/އެފް.ބީ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

2 Responses

  1. މީގައި މައްސަލައެއް ނެތް! މާލޭގައި މިހާރުކުރާ ވައްކަމާއި ޑްރަގް ވިއްކުމާއި ޕެޑްލްކުރާ މީހުންނަކީ ކިހާ ހިސާބަކުން އަންނަ ބައެއްކަން އެނގޭނަމަ މިކަހަލަ ކުޑަ ސީޓީއެއް އަލުން ތައާރަފުކުރަން ތާއީދު ކުރާނެ ކަމަށް ފެނެއެވެ.

  2. ކުޑަސިޓީ އޮތުމަށް އަޅުގަނޑު ތާއީދުކުރަން. އަދި މާލޭ މީހަކު، ނުވަތަ އެހެން ރަށަކުން އެހެން ރަށަކަށް ގޮސް ފައިބައި ހުންނަ ނަމަ، ކައުންސިލުގައި ރަޖިސްޓަރީވުން މުހިންމު. މައްސަލަތައް މަދުވާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *