Support Us

ހުރިހައި ގޮތަކުން ވެސް އެންމެ ރަނގަޅު

މިއީ ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅުތަކުގެ ތެރެއިން خَيْرُكُم (ތިޔަބައިމީހުންކުރެ އެންމެ ރަނގަޅު މީހަކީ) އިން ނުވަތަ خَيْرُ النَاسِ (އެންމެ ރަނގަޅު މީހަކީ) އިން ފެށިފައިވާ ބަސްފުޅުތަކެކެވެ. މި ބަސްފުތަކުގެ ގިންތީގައި ހިމެނޭ މީހަކަށް ވޭތޯ ބައްލަވާށެވެ!


1- خَيْرُكُمْ مَن تَعَلَّمَ القُرْآنَ وعَلَّمَهُ – ތިޔަބައިމީހުންކުރެ އެންމެ ރަނގަޅު މީހަކީ ޤުރްއާން އުނގެނި އެ އުނގަންނާދޭ މީހާއެވެ.
2- خيارُكم أحاسنُكم أخلاقًا – ތިޔަބައިމީހުންކުރެ އެންމެ ރަނގަޅު މީހަކީ އަޚްލާޤު އެންމެ ރިވެތި މީހާއެވެ.
3- خيارُكُم أحاسنُكُم قضاءً – ތިޔަބައިމީހުންކުރެ އެންމެ ރަނގަޅު މީހަކީ އެންމެ ރިވެތި ގޮތުގައި ދަރަނި އަދާކުރާމީހާއެވެ.
4- خيرُكُم خيرُكُم لأهْلِه – ތިޔަބައިމީހުންކުރެ އެންމެ ރަނގަޅު މީހަކީ އޭނާގެ އަނބިމީހާއަށް އެންމެ ހެޔޮ މީހާއެވެ.
5- خيرُكُمْ مَنْ أَطْعَمَ الطعامَ، وردَّ السلامَ – ތިޔަބައިމީހުންކުރެ އެންމެ ރަނގަޅު މީހަކީ މީސްތަކުންނަށް ކާންދީ ސަލާމަށް ޖަވާބުދޭ މީހާއެވެ.
6- خيرُكم من يُرجى خيرُه ويؤمنُ شرُّه – ތިޔަބައިމީހުންކުރެ އެންމެ ރަނގަޅު މީހަކީ އޭނާގެ ހެޔޮކަން މީސްތަކުންނަށް ލިބޭ އަދި އޭނާގެ ނުބައިކަމުން މީސްތަކުން އަމާން ކުރާ މީހާއެވެ.
7- خيرُ الناسِ أنفعُهم للناسِ – މީސްތަކުންކުރެ އެންމެ ރަނގަޅު މީހަކީ މީސްތަކުންނަށް އެންމެ ފައިދާ ބޮޑު މީހާއެވެ.
8- خيارُكم ألْيَنُكم مَنِاكِبَ فِي الصَلَاةِ – ތިޔަބައިމީހުންކުރެ އެންމެ ރަނގަޅު މީހަކީ ނަމާދުގައި އޭނާގެ ކޮނޑު އެހެންމީހުންގެ ކޮޑުތަކާ އެންމެ މަޑުމައިތިރިކަމާއެކު އެއްވަރު ކުރާ މީހާއެވެ.
9- خِيارُكُمُ الذين إذا رُؤُوا ذُكِرَ اللهُ – ތިޔަބައިމީހުންކުރެ އެންމެ ރަނގަޅު މީހަކީ ހެޔޮ ރަނގަޅު ބަޔަކު ފެންނަ ހިނދު ﷲ ހަނދުމަކުރާ މީހާއެވެ.
10- خَيْرُالنَّاسِ مَنْ طَالَ عُمُرُهُ وحَسُنَ عَمَلُهُ – އެންމެ ރަނގަޅު މީހަކީ އޭނާގެ ޢުމުރު ދިގުވެ އޭނާގެ ޢަމަލު ރަނގަޅު މީހާއެވެ.
11- خَيْرُ النَاسِ ذُوْ القَلْبِ المَخْمُوْمُ وَ اللِسَانُ الصَادِقُ – އެންމެ ރަނގަޅު މީހަކީ ހިތް ސާފު ދޫ ތެދުވެރި މީހާއެވެ.
12- خيرُ الأصحابِ عندَ اللهِ خيرُكم لصاحبِه، وخيرُ الجيرانِ عندَ اللهِ خيرُكم لجارِه – ﷲގެ ޙަޟްރަތުގައި އެންމެ ރަނގަޅު އެކުވެރިއަކީ އޭނާގެ އެކުވެރިޔާއަށް އެންމެ ރަނގަޅު މީހާއެވެ. އަދި ﷲގެ ޙަޟްރަތުގައި އެންމެ ރަނގަޅު އަވަށްޓެރިއަކީ އޭނާގެ އަވަށްޓެރިއާއަށް އެންމެ ރަނގަޅު މީހާއެވެ.
13- خِيارُ أئمَّتِكم الذين تحبونهم و يُحِبونَكم – ތިޔަބައިމީހުންގެ ވެރީންގެ ތެރެއިން އެންމެ ރަނގަޅު ވެރީންނަކީ ތިޔަބައިމީހުންދެކެ އެބައިމީހުން ލޯބިވާ އަދި އެބައިމީހުން ދެކެ ތިޔަބައިމީހުން ލޯބިވާ މީހުންނެވެ.
14- خيرُ البقاعِ المساجدُ – އެންމެ ރަނގަޅު ތަނަކީ މިސްކިތްތަކެވެ.
15- خيرُ الصَّداقِ أيسرُه – ކާވެނީގެ އެންމެ ރަނގަޅު ރަނަކީ އެންމެ ލުއި ރަނެވެ.
16- خَيْرُالصَدَقَةِ مَاكَانَ عَنْ ظَهْرِ غِنًى – އެންމެ ރަނގަޅު ޞަދަޤާތަކީ އޭނާގެ ފުދުންތެރިކަން ނުގެއްލޭ ގޮތަށް ކުރާ ޞަދަޤާތެވެ.
17- خَيْرُالعَمَلِ أَنْ تُفَارِقَ الدُنْيَا وَ لِسَانُكَ رَطِبٌ مِنْ ذِكْرِاللَّهِ – އެންމެ ހެޔޮ ޢަމަލަކީ ތިބާގެ ދޫ ﷲ ހަނދުމަކުރުމުން ތެމިފައިވާ ޙާލުގައި ތިބާ ދުނިޔެ ދޫކޮށް ދިޔުމެވެ.
18- خيرُ الكسبِ كسبُ يدِ العاملِ إذا نصَح – އެންމެ ރަނގަޅަށް ހޯދޭ އެއްޗަކީ މަސައްކަތް ރަނގަޅަށް ދަނެ އެ މަސައްކަތުގައި މަކަރު ނަހަދާ އޭނާގެ އަތުން މަސައްކަތް ކޮށްގެން ހޯދާ އެއްޗެކެވެ.
19- خيرُ المَجالِسِ أوسَعُها – އެންމެ ރަނގަޅު މަޖިލީހަކީ އެންމެ ތަނަވަސް މަޖިލީހެވެ.
20- خيرُ الدُّعاءِ دعاءُ يومِ عرفةَ – އެންމެ ރަނގަޅު ދުޢާއަކީ ޢަރަފާތު ދުވަހު ކުރާ ދުޢާއެވެ.
21- خَيْرُ الدَيْنِ أَيْسَرُهُ – އެންމެ ރަނގަޅު ދަރަންޏަކީ އެންމެ ލުއި ފަސޭހަކޮށް ދޭ ދަރަންޏެވެ.
22- خَيرُ يَومٍ طلَعَتْ عليه الشَّمسُ يَومُ الجُمُعةِ، فيهِ خلَقَ اللهُ آدمَ، وفيهِ أُدخِلَ الجنَّةَ، وفيهِ أُخرِجَ منها – އެ ދުވަހެއްގެ މައްޗަށް އިރު އެރި އެންމެ ރަނގަޅު ދުވަހަކީ ހުކުރު ދުވަހެވެ.ﷲ އާދަމުގެފާނު ހެއްދެވީ އެ ދުވަހުގައެވެ. އެކަލާނގެ އެކަލޭގެފާނު ސުވަރުގެ ވެއްދެވީ އެ ދުވަހުގައެވެ. އަދި އެކަލާނގެ އެކަލޭގެފާނު ސުވަރުގެއިން ބޭރަށް ލެއްވީ އެ ދުވަހުގައެވެ.
23- خير نساءِ العالمينَ أربعٌ مريمُ بنتُ عمرانَ وآسيةُ بنتُ مُزاحم امرأةَ فرعونَ وخديجةُ بنت خُوَيْلِد وفاطمةُ بنت محمدٍ – ޢާލަމުތަކުގައިވާ އެންމެ ރަނގަޅު އަންހެނުންގެ ޢަދަދު ހަތަރެކެވެ. ޢިމްރާނުގެ ދަރިކަނބަލުން މަރްޔަމުގެފާނާއި ފިރްޢައުނުގެ އަނބިކަނބަލުން މުޒާޙަމުގެ ދަރިކަނބަލުން އާސިޔަތުގެފާނާއި ޚުވައިލިދުގެ ދަރިކަނބަލުން ޚަދީޖަތުގެފާނާއި މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނެވެ.
24- خَيرُ ماءٍ عَلى وَجهِ الأرضِ ماءُ زَمزَمَ؛ فيهِ طَعامُ طُعْمٍ، وَشِفاءُ سُقْمٍ – ބިންމަތީގައި ވާ އެންމެ ރަނގަޅު ފެނަކީ ޒަމްޒަމް ފެނެވެ. އެއީ ކާނާއަށް ބޭނުންވާ މީހާއަށް ހުރި ކެއުމެކެވެ. ބަލިމަޑުކަމަށް ހުރި ޝިފާއެކެވެ.
25- خيرُ ثيابِكم البياضُ فكفِّنوا فيها أمواتَكُم وليَلبسْها أحياؤُكم – ތިޔަބައިމީހުން ލައިއުޅޭ ފޭރާމުގެތެރެއިން އެންމެ ރަނގަޅު ފޭރާމަކީ ހުދު ކުލައިގެ ފޭރާމެވެ. ފަހެ ތިޔަބައިމީހުން އެ ފޭރާމުން ތިޔަބައިމީހުންގެ މައްޔިތުން ކަފުން ކުރާށެވެ! އަދި ތިޔަބައިމީހުންގެ ދިރިތިބީން އެ ފޭރާން ލައި އުޅޭށެވެ!
26- خَيْرُ النِّكاحِ أَيْسَرُهُ – އެންމެ ރަނގަޅު ކާވެންޏަކީ އެންމެ ލުއިފަސޭހަކޮށް ކުރާ ކާވެންޏެވެ.
27- خَيرُ ما تَداوَيتُم به الحِجامةُ – ތިޔަބައިމީހުން ފަރުވާއަށް ކުރާ އެންމެ ރަނގަޅު ކަމަކީ ކަވާ ޖެހުމެވެ.
28- خيرُ دِينِكم الورَعُ – އެންމެ ރަނގަޅު ދީންވެރިކަމަކީ ވަރަޢުވެރިކަމެވެ.
29- خيرُ النّاسِ قرني، ثمَّ الَّذينَ يلونَهم، ثمَّ الَّذينَ يلونَهم – އެންމެ ރަނގަޅު މީހުންނަކީ ތިމަންކަލޭގެފާނުގެ ސައްތައިގެ މީހުންނެވެ. ދެން އެއާ ޖެހުނު ސައްތައި މީހުންނެވެ. ދެން އެއާ ޖެހުނު ސައްތައިގެ މީހުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *