...

Support Us

ގްރޭޓާ މާލެ ގްރިޑް މެދުވެރިކޮށް އެއް ވިއުގައަކުން ކަރަންޓުދިނުމުގެ މަސައްކަތް ސްޓެލްކޯގެ އިންޖިނިއަރުންކުރަނީ -ފޮޓޯ: ސްޓެލްކޯ

ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑުން ހުޅުލެއަށް ކަރަންޓުދޭން ފަށައިފި

ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑްގެ ތެރެއަށް ހުޅެލޭގެ ގްރިޑް އިތުރުކޮށް، ހުކުރު ދުވަހުގެ ރެއިން ފެށިގެން ހުޅުލެއަށް ކަރަންޓުދޭން ފަށައިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ މާލެއާއި ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ގާއިމް ކޮށްފައިވާ ނެޓްވޯކަށް ހުޅުލޭގެ ގްރިޑް ގުޅާލާފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުއެވެ.

ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑަކީ ހަކަތައިގެ ސިނާއަތުގައި މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު އެއް ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓްގެ ދަށުން ވަނީ ރާއްޖޭގައި މިހާތަނަށް ބަހައްޓާފައިވާ އެންމެ ބޮޑެތި ޓްރާންސްފޯމަރުތައްވެސް ބަހައްޓާފައެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރު އަދި ހުޅުލޭގައި އަށް އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ބަހައްޓާފައި ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *