Support Us

ކޮލަމް: ރަންދެލި

ޖާހިލު މޮޔައިން މަތިވެރި ނުކުރާށެވެ!

އެއް ދުވަހަކު މީހަކު އަލަށް ހިމާރެއް ގަތެވެ. އަދި އޭނާ ދިރިއުޅޭ ހިސާބުގަނޑު ހިމާރަށް ދައްކައި، ހިމާރު އުފާކޮށްދިނުމަށްޓަކާ އޭނާ ދިރިއުޅޭ ގޭގެ ފުރާޅުމައްޗަށް ހިމާރު ނެގިއެވެ. އިރުކޮޅެއް ފަހުން އޭނާ ހިމާރު ތިރިއަށް ގެންދިއުމަށް ބޭނުންވިއެވެ. އެހެންނަމަވެސް، އެއްގޮތަކަށްވެސް ތިރިއަށް ދާކަށް ހިމާރު ބޭނުމެއް ނުވިއެވެ. އަދި އޭތީގެ ވެރިމީހާއަށް އަތުނުވާންވެގެން ކޮޅުކޮޅު މައްޗަށް ހިމާރު ދުވަން ފެށިއެވެ. އަދި ފުރާޅުމަތީ ދުވެ ފުމެން ފަށައިފިއެވެ. ނަތީޖާއެއްގެ ގޮތުން އެންމެފަހުން ގޭގެ ފުރާޅުވެއްޓި ގެގަޑުނވެސް ހަލާކުވެ ހިމާރު ބިންމައްޗަށް ވެއްޓި މަރުވެއްޖެއެވެ. އަދި އެ ހާދިސާގައި ގޭގެ ވެރިމީހާވެސް ފުރާޅުމަތިން ވެއްޓި އޭނާގެ އަތްފައި ބިންދައިގެން ދިޔައެވެ. އެވަގުތު އެމީހާ ބުންޏެވެ.

"ﷲ ގަންދީ ބުނަމެވެ. އޭ ހިމާރާއެވެ. މިކަމުގައި ކަލޭގެ އެއްވެސް ކުށެއް ނެތެވެ. އެހެނީ ކަލޭގެ މަގާމަކީ ހިމާރު ކޮއްޓެވެ. ކަލޭ ފުރާޅުމައްޗަށް ނެގީ އަހުރެން ކަމުން، މިކަމުގައި ކުށްވެރިޔަކީ އަހުރެންނެވެ."

މިވާހަކަކޮޅުން ލިއްބައިދޭ ޢިބުރަތަކީ ބޮޑެތި ޖާހިލު މޮޔައިން، މަތީ މަގާމުތަކަށް އައްޔަން ކުރުމުން އެކަމުގައި ގެއްލުންވާނީ ހަމައެކަނި އެމީހުންނަކަށް ނޫނެވެ. އަދި ކިއެއްތަ، އެފަދަ ބަޔަކަށް ބޮޑެތި މަގާމުތައްދީ މަތިވެރިކުރި ބަޔަކަށްވެސް އާޚިރުގައި ވާނީ ގެއްލުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
41212

One Response

  1. ޔެސް. ރަނގަޅު ވާހަކައެއް. މީހަމަ އިންޑިޔާގެ ވާހަކަ މިއަންނަނީ.
    އިންޑިޔާ އައުޓު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *