...

Support Us

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ވިއްކުމުގެ ފުރިހަމަ އިޚްތިޔާރު މިކުންފުންޏަށް އެބައޮތް: އެޗް.ޑީ.ސީ 

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ވިއްކުމުގެ ފުރިހަމަ އިޚްތިޔާރު އެ ކުންފުންޏަށް އެބައޮތް ކަމުގައި ހުޅުމާލެ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ބުނެފިއެވެ.

އެޗް.ޑީ.ސީން މިހެން ބުނީ ދެ ވަނަ ފިޔަވަހިން 60 ގޯތި ވިއްކަން އެ ކުންފުނިން އިއުލާންކުރުމުން، އެކަމާ ކަންބޮޑުވުން ފާޅުކޮށް ސިޓީ ކައުންސިލުން ނެރުނު ބަޔާނަށް ރައްދުދީ އިއްޔެ ނެރުނު ބަޔާނެއްގައެވެ.

"ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށްޓަކައި މިކޯޕަރޭޝަނުން ކުރި އިޢުލާނުގެ ދަށުން ބީލަމަށް ހުޅުވާލެވޭ 60 ބިމުގެ ޤާނޫނީ މިލްކުވެރި ފަރާތަކީ މިކޯޕަރޭޝަން ކަމުގައި ވީހިނދު އެބިމުގެ މިލްކުވެރި ފަރާތުގެ ހައިޞިއްޔަތުން އެބިމުން ތަޞައްރުފް ކުރުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު މި ކޯޕަރޭޝަނަށް ލިބިދީފައިވާކަން މިކޯޕަރޭޝަނުން ފާހަގަކުރަމެވެ. ހުޅުމާލޭގެ ބިމަކީ ކައުންސިލުގެ އިދާރީ އިޙްތިޞާޞް ހިނގާ ސަރަހައްދުގައި ވާ ބިމެއްކަމަކު، ހުޅުމާލެ ބިމަކީ މާލެ ސިޓީ ކައުންސިލުގެ މިލްކުވެރިކަން އެބިމުގެ މައްޗަށް ހިނގާނެ ބިމެއް ނޫންކަން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 2-56 (ށ) އަށް ބެލުމުން އެނގެއެވެ. އަދި، މިކުންފުންޏަކީ ކުންފުންޏާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ވެފައިވާ، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ގާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ހޯދުމާއި ލިބިގަތުމާއި، ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމުގެ ޤާނޫނީ ހައްޤު ލިބިދީފައިވާ ވަކި ޤާނޫނީ ޝަޚްސަކަށް ވީހިނދު، މިކުންފުނީގެ މުދަލެއް ކަމުގައިވާ ހުޅުމާލޭގެ ދެވަނަފިޔަވަހީގެ ބިން ވިއްކުމުގެ ފުރިހަމަ އިޚްތިޔާރު މިކުންފުންޏަށް ލިބިދީފައިވާކަން މިކުންފުނިން ދެކެމެވެ. އެހެން ކަމުން، ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫތަކާއި ޤަވާއިދު ތަކުގެ ދަށުން މިކުންފުންޏަށް ލިބިފައިވާ ޤާނޫނީ ޙައްޤަކަށް އުނިކަން އަންނާނެ، އަދި އިންވެސްޓަރުންގެ މެދުގައާއި ޢާންމު ފަރުދުންގެ މެދުގައި މިކުންފުނީގެ އިތުބާރު ގެއްލޭ ގޮތަށް މާލެ ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނަކީ އޭގައި ޙަޤީޤަތާ ޚިލާފު އޮޅުވާލުންތަކެއް ހިމެނޭ ބަޔާނަކަށްވާތީ، އެކަން މިކޯޕަރޭޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ." އެޗް.ޑީ.ސީގެ ބަޔާނުގައިވެއެވެ.

"ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން މިކޯޕަރޭޝަނުން ނިންމި ނިންމުމަކީ ޤާނޫނާ ޚިލާފް ނިންމުމެއްކަން މާލެ ސިޓީ ކައުންސިލުން ބުނެފައިވާ ބުނުމަކީ، މިކޯޕަރޭޝަންގެ ފަރާތުން މާލެ ސިޓީ ކައުންސިލްގެ މައްޗަށް ދިވެހިރާއްޖޭގެ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ސިވިލްކޯޓުން ނެރެފައިވާ ވަގުތީ ޢަމުރުގައި ބަޔާންކޮށްފައިވާ ކަންކަމާ ޚިލާފު ބަޔާނެއް ކަމުގައި މިކޯޕަރޭޝަނުން ދެކެމެވެ. މިގޮތުން ޝަރީޢަތުން ވަކިގޮތެއް ކަނޑައަޅުއްވަންދެން، ހުޅުމާލޭގެ ބިމުގެ މިލްކުވެރިފަރާތުގެ ހައިސިއްޔަތުން މިކޯޕަރޭޝަނަށް ލިބިދީފައިވާ އެންމެހައި ޤާނޫނީ ހައްޤުތަކާއި، ހުޅުމާލޭގެ ބިމާއި ގުޅިގެން މިކޯޕަރޭޝަނުން ކުރަމުން އައި އެންމެހައި ކަންކަމާއި، ހުޅުމާލެ ތަރައްޤީކުރުމާއި ބެލެހެއްޓުމުގެ ގޮތުން މިކޯޕަރޭޝަނުން ކުރަމުން އައި ކަންކަން، މިމައްސަލަ ވަކިގޮތަކަށް ނިމެންދެން ކުރުން މަތީ ދެމިހުރުމުގެ ހައްޤު މި ކޯޕަރޭޝަނަށް ކޯޓުގެ އަމުރުން ލިބިދީފައިވީ ހިނދު، ދިވެހިރާއްޖޭގެ ކޯޓަކުން މިކަން އެނޫން ގޮތަކަށް ކަނޑަނާޅާ ހިނދަކު މިއެންމެހައި ހައްޤުތައް ޤާނޫނީ ގޮތުން މިކޯޕަރޭޝަނަށް ލިބިގެންވާކަން ދަންނަވަމެވެ."

އަދި އެޗް.ޑީ.ސީގެ ޙައްޤުތަކަށް އުނިކަން ލިބޭފަދަ ގޮތަކަށް މާލޭ ސިޓީ ކައުންސިލުން މިފަހަކަށް އައިސް މިފަދަ ބަޔާންތައް ނެރެމުންދިއުމުގެ ސަބަބުން، އެ ކޯޕަރޭޝަނަށް ނުހަނު ގެއްލުން ލިބެމުންދާތީ، އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ވެސް މާލޭ ސިޓީ ކައުންސިލަށް އެޗް.ޑީ.ސީން އިލްތިމާސްކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *