Support Us

ކީރިތި ރަސޫލާގެ ސުންނަތުގެ މުޢުޖިޒާތުގެ ތެރެއިން

ބުޚާރީއާއި މުސްލިމާއި އެހެނިހެން ޙަދީސް ފޮތްތަކުގައި އަބޫ ހުރައިރަތުގެފާނު އަރިހުން ޤިޔާމަތް ދުވަހުގެ ޝަފާޢަތާ ބެހޭގޮތުން ވާރިދުވެފައިވާ ވަރަށް ދިގު ޙަދީސެއްގައި އައިސްފައި ވެއެވެ. ((والَّذي نفسي بيدِه إنَّ ما بَيْنَ المِصْراعَيْنِ مِن مَصاريعِ الجنَّةِ لكما بَيْنَ مكَّةَ وهَجَرَ أو كما بَيْنَ مكَّةَ وبُصْرى– ތިމަންކަލޭގެފާނުގެ ނަފްސު އެ ފަރާތެއްގެ ބާރުގެ ދަށުގައިވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. ސުވަރުގޭގެ ކޮންމެ ދެ ދޮރުފަތްކޮޅެއްގެ ދޭތެރޭގައި މައްކާއާއި ހަޖަރާ ދެމެދުގައިވާ ދުރުމިން ނުވަތަ މައްކާއާއި ބުޞްރާއާ ދެމެދުގައިވާ ދުރުމިން ވެއެވެ.))

ކީރިތި ރަސޫލާ ﷺ މި ޙަދީސުގައި ބަޔާންކޮށް ދެއްވައިފައި އެ ވަނީ ސުވަރުގޭގެ ދޮރުކޮޅުތަކުގެ ފުޅައުމިނުގެ ބޮޑު ވާހަކައެވެ. އެއިން ކޮންމެ ދޮރުކޮޅެއްގެ ފުޅައުމިނަކީ މައްކާއާއި ހަޖަރު ސަހަރާ ދެމެދުގައިވާ މިންވަރެވެ. މިއަދު ހަޖަރު ސަހަރަކީ ޤަޠަރުގެ ރަށެކެވެ. ނުވަތަ އެއިން ކޮންމެ  ދޮރުކޮޅެއްގެ ފުޅައު މިނަކީ މައްކާއާއި ބުޞްރާއާ ދެމެދުގައިވާ މިންވަރެވެ. މިއަދު ބުޞްރާ ސަހަރަކީ ސޫރިޔާގެ ރަށެކެވެ.

މި ބަސްފުޅާމެދު ވިސްނައިލަމާތޯއެވެ. މިއަދު އަޅުގަނޑުމެންނަށް މި ދުރުމިން ވަރަށް ބަރާބަރަށް ބަލައިލެވިދާނެއެވެ. އެހެނަސް އެކަލޭގެފާނުގެ ޒަމާނުގައި މި ދުރުމިން އެނގޭނެ ގޮތެއް ނޯންނާނެއެވެ. މިއަދު ޖައްވީ ހަނދުތަކުން ދެ ރަށެއްގެ ދެމެދުގައިވާ ދުރުމިން ވަރަށް ބަރާބަރަށް މިން އަޅައި ބަލައިލެވުނަސް ކީރިތި ރަސޫލާ ﷺގެ ޒަމާނުގައި ދެތިން ކީލޯމީޓަރުގެ ދުރުމިން ވެސް ރަނގަޅަށް ބަލައިލެވޭނެ ވަސީލަތެއް ނެތެވެ.

މި ޒަމާނުގެ ވަސީލަތްތަކުން މި ދުރުމިން ބެލިއިރު؛

– މައްކާއާއި ހަޖަރާ ދެމެދުގައިވާ ދުރުމިނަކީ 794 ކީލޯމީޓަރެވެ.

– މައްކާއާއި ބުޞްރާއާ ދެމެދުގައިވާ ދުރުމިނަކީ ވެސް ހަމަ 794 ކީލޯމީޓަރެވެ.

ސުބްޙާނަﷲ! ކީރިތި ރަސޫލާ ﷺ އަށް މި ދުރުމިން އެނގިވަޑައިގަތީ ކިހިނެއް ހެއްޔެވެ؟ މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَمَا يَنطِقُ عَنِ الْهَوَىٰ ‎﴿٣﴾‏ إِنْ هُوَ إِلَّا وَحْيٌ يُوحَىٰ ‎- އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއް ކަމުގައި ނޫނީ ނުވެތެވެ.))– سورة النجم: 3-4

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *