...

Support Us

އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ ސުހެއިލް އަހުމަދު އަދި މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު (ކ)

ސިޓީ ކައުންސިލުގެ ނިންމުމަށް އަމަލުކުރަން ނުޖެހޭނެ ކަމުގެ ވަގުތީ އަމުރަކަށް އެޗް.ޑީ.ސީން އެދެފި

ސިޓީ ކައުންސިލުގެ ނިންމުމަށް އަމަލުކުރަން ނުޖެހޭނެ ކަމުގެ ވަގުތީ އަމުރަކަށް އެދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ސިވިލް ކޯޓަށް މިއަދު ހުށަހަޅައިފިއެވެ.

އެޗް.ޑީ.ސީން ބުނީ ހުޅުމާލޭގެ ރަޖިސްޓަރީ ބާޠިލް ކޮށްފައިވާކަން މާލެ ސިޓީ ކައުންސިލުން އެ ކޯޕަރޭޝަނަށް ސިޓީއަކުން މިއަދު އަންގާފައިވާ ކަމަށެވެ. ނަމަވެސް އެ ނިންމުމަކީ ޤާނޫނުއަސާސީ އާ ޚިލާފަށް ނިންމައިފައިވާ ނިންމުމެއް ކަމަށް އެ ކޯޕަރޭޝަނުން ދެކޭ ކަމަށާއި އެ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދީ، އެ ނިންމުން ބާޠިލުކޮށް، ޤާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރުމަށް މާލެ ސިޓީ ކައުންސިލަށް އަންގައިދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވާނެ ކަމަށެވެ.

"މާލެ ސިޓީ ކައުންސިލުން ނިންމަވާފައިވާ ނިންމެވުމުގެ ސަބަބުން އެޗް.ޑީ.ސީން ވެފައިވާ މަދަނީ އެއްބަސްވުންތަކާއި، ލޯނު އެއްބަސްވުންތަކާއި އެޗް.ޑީ.ސީއިން ހިލާފުވެ، "ކްރޮސް-ޑިފޯލްޓް" ހާލަތަކަށް ދިއުމުގެ ބޮޑު އިހުތިމާލެއް އޮތުމާއި، އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެޗްޑީސީ އާއި ދިވެހި ދައުލަތުން ނަގައިފައިވާ ލޯނުތައް އެއްފަހަރާ ޑިފޯލްޓްވުމުގެ އިހުތިމާލު އޮތުމުން މި މައްސަލައަށް ގޮތެއް ކަނޑައެޅުމުގެ ކުރިން މާލެ ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރަން ނުޖެހޭނެ ކަމުގައި ކަނޑައަޅައިދީ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް މިއަދު މި ކޯޕަރޭޝަނުގެ ފަރާތުން ވަނީ ހުށަހަޅައިފައެވެ."

އެޗް.ޑީ.ސީން އަދި ބުނީ ހުޅުމާލެ ފޭސް 1 އަދި 2 އަކީ އެ ކޯޕަރޭޝަނުގެ އަމިއްލަ ބިމެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ ބިކަމަކަށް ވެފައި، މި ސަރަހައްދުތައް ބެލެހެއްޓުމަށް ގިނަ ހިދުމަތްތަކެއް ދެމުންގެންދާ ސަރަހައްދުތަކެއް ކަމުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެއްވެސް ޚިދުމަތަކަށް ހުއްޓުމެއް ނައިސް އެ ކޯޕަރޭޝަނުން އަދާ ކުރަންޖެހޭ އެއްމެހާ ޒިންމާތައް އަދާކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން ހުރިހާ ފަރާތްތަކަށް ވެސް ދޭ ކަމަށެވެ.

"އަދި ޤާނޫނާއި ޤަވައިދުތަކާއި ހިލާފަށް ކުރެވޭ އެއްވެސް ކަމެއްގައި ރައްޔިތުންގެ ފަރާތުން ބައިވެރިނުވުމަކީ މި ކޯޕަރޭޝަނުގެ ވަރަށް ބޮޑު އިލްތިމާސެކެވެ. މި ފުރުޞަތުގައި ހުޅުމާލޭގެ ދިރިއުޅުއްވާ އެންމެހާ ރައްޔިތުންގެ ފަރާތުން މި ކޯޕަރޭޝަނަށް ދެއްވާ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ރަޖިސްޓަރީ ދޫކުރި ފަރާތަކަށް ރަޖިސްޓަރީ ބާތިލު ނުކުރެވެންޏާ ތިޔައީ އަރަތެއް.

  2. އެޗްޑީސީއިން ހަދައިފައިވާ އެއްބަސްވުންތަކާ ޚިލާފުވާން ޖެހެނީ ކީއްވެ؟؟ ސިޓީ ކައުންސިލުން އެޗްޑީސީ އުވައެއް ނުލާ! ކުންފުނި އިންޑިއާއަށް ވިއްކާލަން ހަމަޖެހިފައިވަނީ 2022ގައި. އޭގެ ކުރީން ސުހައިލު ހާވާ ހަޑިއެއް ހާވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.