...

Support Us

ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރުމަކީ ސިޓީ ކައުންސިލުން ނިންމި ގާނޫނާ ޚިލާފު، ނާތަހުޒީބީ ނިންމުމެއް: އެޗް.ޑީ.ސީ

ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ ބާތިލްކުރުމަކީ ސިޓީ ކައުންސިލުން ނިންމި ގާނޫނާ ޚިލާފު، ނާތަހުޒީބީ ނިންމުމެއް ކަމަށާއި ގެއްލުމުގެ ބަދަލު ހޯދަން މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ދަޢުވާ އުފުލާނެ ކަމަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ބުނެފިއެވެ.

މި މައްސަލަ ފެށުނީ "ކޮތަރުކޮށި" ނަމުގައި ހުޅުމާލޭ ދެ ވަނަ ފޭސްގައި ޕީ.ޕީ.އެމްގެ ފަރާތުން ޖަލްސާއެއް ބާއްވަން މާލޭ ސިޓީ ކައުންސިލުން އެ ޕާޓީއަށް ހުއްދަ ދީފައި ވަނިކޮށް، ހުޅުމާލެއަކީ އެޗް.ޑީ.ސީގެ ބިމެއް ކަމަށާއި އެ ބިމުގައި ކަމެއް ކުރާ ނަމަ ހުއްދަ ހޯދަން ޖެހޭނީ އެޗް.ޑީ.ސީން ކަމަށް ބުނެ ސިޓީ ކައުންސިލަށް ސިޓީ ފޮނުވުމާ ގުޅިގެންނެވެ. އެ މައްސަލައިގައި، މޭޔަރު މުއިއްޒު ހިމެނިވަޑައިގަންނަވާ ޕީ.ޕީ.އެމްގެ އަގުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލްގެ ޖަލްސާއަކުން އިއްޔެ ނިންމީ ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ ބާތިލްކުރުމަށެވެ.

"ހުޅުމާލޭގެ ބިމަކީ މި ކޯޕަރޭޝަންގެ އަމިއްލަ ޚަރަދުގައި ހިއްކައިފައިވާ އަދި މިކޯޕަރޭޝަނަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެކެވެ. މި ކޯޕަރޭޝަނަކީ ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ޤާނޫނީ ގޮތުން މުދާ މިލްކުކުރުމުގެ ހައްގު ލިބިދީފައިވާ ވަކި ޝަހުސެއް ކަމަށް ވީހިނދު، ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން މި ކޯޕަރޭޝަނަށް ލިބިދީފައިވާކަން ރަމްޒުކޮށްދޭ ބިމުގެ ރަޖިސްޓަރީ
ބާތިލްކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމެވި ނިންމެވުމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޙައްޤާއި، ބިމާ ބެހޭ ޤާނޫނުގެ 24 ވަނަ މާއްދާގެ (ނ) އާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގެ 2-56 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް މާލޭ ސިޓީ ކައުންސިލުން ނިންމަވައިފައިވާ ގާނޫނާ ޚިލާފު، ނާތަހުޒީބީ ނިންމުމެއް ކަމަށް މި ކޯޕަރޭޝަނުން ދެކެމެވެ." އެޗް.ޑީ.ސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެއެވެ.

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގެ 2-56 ވަނަ މާއްދާގެ (ށ) ގައި ވާގޮތުން އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢާއްމު ރައްޔިތުންނަށާއި، ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހައި ވަސީލަތްތަކާއި، ބިނާތަކާއި، ނުއުފުލޭ ހަރުމުދަލާއި، ޤައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަންގެ މިލްކުވެރިކަން ލިބިގެންވަނީ އެ ގާނޫނަށް ޢަމަލްކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އަށް ވަނަ އިޞްލާހު ގެނެވުނު އިރު، ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގެ ބިންވެސް ވަނީ އަމިއްލަ ބިމެއްގެ ގޮތުގައި މި ކޯޕަރޭޝަންގެ ނަންމަތީގައި ރަޖިސްޓްރީކޮށްދީފައެވެ. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ބަލާއިރު، ބިމުގެ މިލްކުވެރިކަމަކީ ބިމުގެ ވެރިފަރާތަށް އެބިމާ ގުޅިފައިވާ އެންމެހައި މަންފާތަކާއި، މަސްލަހަތުތަކާއި އަދި ހައްޤުތައް ލިބިދީފައިވުމެވެ. އަދި، ހަމަ މި ޤާނޫނުން އެނގިގެންދަނީ ދިވެހިރާއްޖޭގައި ވަކި ފަރާތަކަށް ބިމުގެ ޤާނޫނީ މިލްކްވެރިކަން ލިބިފައިވާކަން އަންގައިދޭ ޤާނޫނީ ލިޔުމަކީ ބިމުގެ ރަޖިސްޓަރީކަމެވެ. އަދި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިލްކުވެރިކަން ބަދަލު ކުރުމުގެ ޤާނޫނަށް ބަލާއިރު، ވަކި ފަރާތަކަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއްގެ މިލްކުވެރިކަން ބަދަލުކުރެވޭނީ ޝަރުޢީ ކޯޓެއް މެދުވެރިކޮށެވެ."

"ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުންވެސް އަމިއްލަ މުދަލަކީ ގާނޫން ހުއްދަނުކުރާ ގޮތަކަށް ނިގުލައިގަނެގެންވާނޭ އެއްޗެއް ނޫނެވެ. ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވައި އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް ފެރުދެއްގެ މުދަލެއް އެފަރާތެއްގެ ރުހުންނެތި ނެގުމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ނިގުޅައިގަތުމެވެ. ބިމުގެ ރަޖިސްޓަރީގައި ބަޔާންކުރެވިފައިވާ އެބިމުގެ މިލްކުވެރިކަމުގެ ޤާނޫނީ ހައްގަކީ ކެނޑައެޅި ބަޔާންވެގެންވާ ގާނޫނީ އިޖުރާއަތުތަކާ އެއްގޮތަށް ނޫންގޮތަކަށް ބާތިލްކުރެވޭނެ ޙައްޤެއް ނޫނެވެ. ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާއި އެ މިލްކުވެރިކަމާ ގުޅިގެން މި ކޯޕަރޭޝަނަށް ލިބިފައިވާ އެންމެހައި ހައްޤުތައް މި ކޯޕަރޭޝަނަށް ލިބިގެންވީ ހިނދު، ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމެވުން އެންމެ ހަރުކަށި އިބާރާތުން މި ކޯޕަރޭޝަނުން ކުށްވެރި ކުރަމެވެ. އަދި، މިކަމުގެ ސަބަބުން ކޯޕަރޭޝަނަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ދަޢުވާ އުފުލާނެ ވާހަކަ ދަންނަވަމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. މޑޕ ބޭނުންނުވާގޮތަށް ކަމެއްކޮށްފިއްޔާ އެވީ ނާތަހުޒީބީ ފިޑި އަމަލެއް. މިހިރީ ދެން އިންސާފު ހުންނަގޮތް

  2. ސުހޭލުމެންްގެެ އަމިއްލަަ ވިސްނުމެއްް އަދިި އިޚްތިޔާރެއްް ނޯންނަކަންް އެގޭެ ހިސާބައްް ހިގައްޖެެ ތިވަރުގެެ ކަންކަމާހަވާލުގެންް ތިހުންނަނީީ ކޯއްޗެއްް މަދުވެގެންތޯނޫނީީ ރައްޔިތުންނައްް ބޮޑުވެގެންވާާ ލަގާޔެއްް ދޭންތައްޔާރުވާތީީ އެކަންް ކުރަންތޯޯ ތިމަޑުކުރަނީީ ސުހޭލުމެންނަކީީ މީހުންގެެ އިހްތިރާމްް ލިބުނުމީހުންް އެހެންނަމަވެސްް އަމިއްލަޔައްް މޮޔަކަންތައްތަކުގެެ ތެރެއައްް ވަދެވަދެެ މިހާރުު ބޭކާރުު މީހުންް ދެންވެސްް އިތުރައްް ނަންހަޑިނުކޮއްް އިސްތިއުފާދިނުމަކީީ އެންމެެ ރީތިގޮތްް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.