Support Us

ކޮޕީ ރަޝީދުގެ އެންމެ ފަހު ވީޑިއޯ ލަވަ: ކޮޕީގެ އާދަޔާޚިލާފު ހުނަރު މި ލަވައިން އެކަނިވެސް

ތަމްސީލާއި ޑްރާމާ އާއި ފިލްމު ކުޅުއްވުމުގައި އަރައިހުންނެވި ކޮޕީ މުހައްމަދު ރަޝީދު ރޭ އަވަހާރަވުމުގެ ހިތާމައިގައި އެންމެން މޮޅިވެފައި ތިއްބެއް ކަމަކު، މި ލަވަ ބަލައިނުލައި ދޫކޮށްލާވަރެއް ނޫނެވެ. މިއީ 2019 ވަނަ އަހަރު ޅެންވެރީންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ބަހުގެ އެކަޑަމީން، 15 ޖަނަވަރީގައި ނެރުނު ސިލްސިލާ ވީޑިއޯ ލަވައެވެ. މި ލަވައިގައި އެކްޓްކޮށްފައި ވަނީ މުޅީންވެސް ޅެންވެރީންނެވެ.

މި ވީޑިއޯ ލަވަ ޑައިރެކްޓްކޮށްފައި ވަނީ ޔޫސުފު ޝަފީއު (ޔޫއްޕެ) ކަމަށް ވިޔަސް، އެއީ ކޮޕީގެ ޚިޔާލެކެވެ. މަޝްހޫރު ޅެންވެރިޔާ މަރުހޫމް ޔޫސުފު މުހައްމަދުފުޅު ހެއްދެވި ޅެމަކަށް މަޝްހޫރު ލަވަކިއުންތެރިޔާ ހޮޅުދޫ ޢަބްދުﷲ ހަސަން ވިދާޅުވެފައިވާ "ކާކު ކީއްހޭ ކުރީ؟"ގައި މައިގަނޑު ރޯލް ކުޅުއްވައިފައި ވަނީ ވެސް ކޮޕީއެވެ. މިއީ ކޮޕީ ރަޝީދު އެންމެ ފަހު ވީޑިއޯ ލަވައެވެ.

ޅެންވެރީންގެ ދުވަހުގެ މުނާސަބަތުގައި އެކަޑަމީގެ ފަރާތުން މިދިޔަ އަހަރު ވެސް ވީޑިއޯ ލަވަ ނެރުނެވެ. ނަމަވެސް އާލާސްކަންފުޅާ ސްރީލަންކާގައި އޮންނެވުމުން އެ ލަވައިގައި ކޮޕީ ބައިވެރިވެވަޑައިނުގަނެއެވެ.

މި ވީޑިއޯ ލަވައިގައި ފެންނަނީ ބަސް އަހައިގެން ތިބެން ބުނެ، ގިނަ ދަރިންތަކެއް ސައިބޯން ބައިތިއްބައިފައި މަންމަ ބޭރަށް ނުކުތުމުން، އެތަނުން އެއް ކުއްޖަކު ކޮޕީގެ ހެދިކާ ޖަހައިގަތުމުން އޭނާ ދެރަވެގެން އުޅޭތަނެވެ. މި ލަވައިގައި ކޮޕީއަކީ ވާހަކަ ދެއްކޭ "ކުއްޖެއް" ނޫނެވެ. މި ލަވަ ފެށުމުގެ ކުރިން އަންނަ ޑްރާމާކޮޅު ފެނިފައިވެސް ބަނޑަށް ގޮށް އަރައެވެ.

ކުރިމަރާލާކަށް ނެތީމެވެ. ބައްލަވައިލައްވާށެވެ.

މާތް ﷲ، މަރުޙޫމުގެ ފާފަ ފުއްސަވައި ހެޔޮ ރަޙުމަތުގައި ޝާމިލް ކުރައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހައްޓަވާދޭވެ. ޢާއިލާ އަށް ކެތްތެރިކަން ދެއްވާދޭވެ. އާމީން!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *