Support Us

ޕިކަޕެއްގެ ސްޕެއަރ ފުރޮޅު ވަގަށް ނެގި މީހަކު ހޯދަނީ

މަގުމަތީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ސްޕެއަރ ފުރޮޅު ވަގަށް ނެގި މީހަކު ހޯދަން އޭނާގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ބުނީ ވީޑިއޯއިން އެ ފެންނަ މީހަކީ ހުސްވި ސެޕްޓެމްބަރު 12 ވަނަ ދުވަހުގެ ވަގުތެއްގައި އެލިއާ އިންވެސްޓްމަންޓްގެ ޕިކަޕެއްގެ ސްޕެއަރ ފުރޮޅު ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި މީހެއްގެ ހިލަމެއް ވެސް ނެތް ވަގުތެއްގައި ޕިކަޕް ކައިރިއަށް އެ މީހާ ގޮސް، ސްޕެއާ ފުރޮޅު ނައްޓާލައިގެން ގެންދާތަން ފެނެއެވެ.

"ވީމާ މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 497965 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *