Support Us

ސިމެންތި ބަރުކޮށްގެންދިޔަ ކޮޅުވެެއްޓިއެއް އަޑިއަށް ހިނގައްޖެ

ސިމެންތި ބަރުކޮށްގެން މާލެ އިން ފުރައިގެން ޅ. މާބިންހުރައަށް ދަތުރުކުރި ޗަމްޕާ ހޯލްޑިންގްސްގެ ކޮޅުވެެއްޓިއެއް ރޭ ދަންވަރު ބަންޑުން ޖަހައިލައި، އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފުން ބުނީ 35 ފޫޓުގެ މި ކޮޅުވެއްޓީގައި ތިބި ބަންގްލަދޭޝްގެ ތިން ފަޅުވެރިންނާއި ދިވެހި ކައްޕި އަށް މި ހާދިސާގައި އެއްވެސް އަނިޔާއެއްނުވެ ސަލާމަތްވެފައިވާ ކަމަށެވެ.

ދެ ކޮންޓެއިނަރުގެ ސިމެންތި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ކޮޅުވެއްޓި ބަންޑުން ޖަހާލިކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ ދަންވަރު ތިނެއް ޖަހަން އުޅެނިކޮށް ކަމަށާއި ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން ވަނީ އެ ސަަރަހައްދަށް ގޮސް ހަރަކާތްތެރި ވެފައި ކަމުގައި އެމްއެންޑީއެފުން ބުންޏެވެ. ކޮޅުވެއްޓި ބަންޑުން ޖަހާލައިފައިވަނީ މާފިލާފުށި ކައިރިންނެވެ.

ކޮޅުވެއްޓި އަޑިއަށް ދިޔައީ މިއަދު ހެނދުނު ހަތެއް ޖަހަން ކައިރިވެފައި ހުއްޓާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *