...

Support Us

ފިވަތީގައި އުޅޭ ކުދިންތައް މަރުކަޒުގެ ފުރާޅުމައްޗަށް އަރައިގެން ކޮޅުކޮޅަށް ދުވަނީ

ފިޔަވަތީގައި އުޅޭ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ: އާކް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން 13 އަހަރުން ދަށުގެ ކުދިން ދިރިއުޅޭ ހުޅުމާލޭ ފިޔަވަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަން "އާކް" އިން ގޮވައިލައިފިއެވެ.

ކުޑަކުދިންގެ ހައްގުގައި ވަކާލާތުކުރާ ރާއްޖޭގެ އަމިއްލަ ޖަމާއަތެއް ކަމުގައިވާ "އެޑްވޮކޭޓިން ފޯދަ ރައިޓްސް އޮފް ދަ ޗައިލްޑް" ނުވަތަ "އާކް" އިން މިހެން ބުނީ ފިޔަވަތި މަރުކަޒުގެ ޢިމާރާތުގައި އިއްޔެ ހިނގައިދިޔަ އަލިފާނުގެ ހާދިސާ އާއި، ބަލަހައްޓާނެ އެއްވެސް ފަރާތެއްނެތި ކުދިންތައް ފުރާޅުމައްޗަށް އަރައި އަދި އެ ކުދިންނާމެދު ބަލައިނުގަނެވޭ ފަދަ ގޮތަކަށް ޢަމަލުތައް ކުރަމުންދާ ކަމަށް ބުނެ އެ ކުދިން ދެއްކި ވާހަކަތަކާމެދު ކަންބޮޑުވުން ފާޅުކޮށް މިއަދު ނެރުނު ބަޔާނެއްގައެވެ.

"މިފަދަ ހާދިސާތައް ހިނގުމުން ދޭހަކޮށްދެނީ އެ ކުދިންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބެމުން ނުދާކަމެވެ. އެހެންކަމުން، އެ ކުދިންނަށް ބޭނުންވާ އެންމެހައި އަޅާލުމާއި އެހީތެރިކަން އެ ކުދިންގެ ޙައްޤުތަކާއި ކަރާމާތަށް އުނިކަން ނާންނާނެ ގޮތަށް ދައުލަތުން ކަށަވަރުކޮށްދިނުމަށް އާކް އިން ގޮވާލަމެވެ." އާކުގެ ބަޔާނުގައިވެއެވެ. "ފިޔަވަތީގައި މިހާރު ހިނގަމުންދާ އެދެވިގެންނުވާ ޙަރަކާތްތަކަކީ، ދާދި ފަހުން ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހާދިސާތަކަށް އިތުރުވެގެންދާ ކަމަކަށްވާއިރު، ފާއިތުވެދިޔަ ތިން މަހުގެ ތެރޭގައި ހިޔާގެ ކަންކަން މެނޭޖްކުރުމުގައާއި އެ ކުދިންގެ މުހުތާދުތަކަށް އަހަންމިއްޔަތުކަން ދިނުމުގައި ފެއިލްވުމުގެ ސަބަބުން ހިނގާދިޔަ އަލިފާނުގެ ހަތަރު ވަނަ ހާދިސާއެއް ވެސް ހިނގާފައިވަނިކޮށެވެ."

އާކުން ބުނީ ކުދިންނާމެދު ހިނގާ ނޭދެވޭ ޢަމަލުތަކަކީ "ވަގުތުން ވަގުތަށް އެ ކަންކަމަށް އެޑްރެސްކޮށް، ކުދިންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވަރަށް އަވަސްކަމާއެކު ފިޔަވަޅު އަޅަންޖެހޭ" ކަންކަން ކަމަށެވެ.

ފިވަތީގައި އުޅޭ ކުދިންތައް މަރުކަޒުގެ ފާރާއި ފުރާޅުމައްޗަށް އަރައިގެން ކޮޅުކޮޅަށް ދުވާތަން ބަލަން އާންމުން އެއްވެފައި

"ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މިފަދަ ކަންކަން ތަކުރާރުކޮށް ހިނގުން ހުއްޓުވުމަށްޓަކައި ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ދިރިއުޅޭ މަރުކަޒުތަކުގައި އަލިފާނާއި އަދި ސަލާމަތީ ކަންކަމުގެ އޮޑިޓެއް ހެދުމަށް ކަމާބެހޭ ފަރާތްތަކަށް އާކުން ގޮވާލި ގޮވާލުން އަލުން ތަކުރާރުކުރަމެވެ. މިފަދަ ހާދިސާތައް ތަކުރާރުކޮށް ހިނގަމުންދާތީ އެކަން ހުއްޓުވައި، އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތައް ޖަވާބުދާރީކުރުވުމަށްޓަކައި މިފަދަ ކަންކަން ފުރިހަމައަށް ތަޙުޤީޤުކޮށް ފިޔަވަޅު އަޅައިދިނުމަށްވެސް އާކުން ގޮވާލަމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.