ދެ ކޭސް ބަނގުރަލާއެކު ގދ. ފަރެސްމާތޮޑާ އިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ފަރެސްމާތޮޑާއަށް ބަނގުރާ އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 21، 24 އަދި 28 އަހަރުގެ ތިން މީހުން ކަމަށެވެ. އެ އޮޕަރޭޝަނުގައި އެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު ދެ ކޭސް ބަނގުރާ ފެނިފައިވާ ކަމަށާއި އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަަހުގީގު ކުރަމުންނެވެ.
One Response
މީނަޔަކަށް ނޭންގޭނެ އެތެރެ ވާތަނެއް