Support Us

އ.ދ.ގެ ޢާންމު މަޖިލީހުގައި ތަޤުރީރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިއުޔޯކަށް ވަޑައިގަންނަވަނީ

އ.ދ.ގެ 76 ވަނަ ޢާންމު މަޖިލީހުގައި ތަޤުރީރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެމެރިކާގެ ނިއުޔޯކަށް މި މަހު 18 ވަނަ ދުވަހު ފުރާވަޑައިގަންނަވާނެ ކަމުގައި ރައީސް އޮފީހުން ބުނެފިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ އިސް ބައެއް ވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގައި ތަޤުރީރުކުރެއްވުމުގެ އިތުރުން ބައިލެޓެރަލް އަދި މަލްޓިލެޓެރަލް ސެޝަންތަކުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ބޮޑު އަޤުލަބިއްޔަތަކާއެކު އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްކަމަށް ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިގެންނެވުމާ ގުޅިގެން މި ފަހަރުގެ އ.ދ.ގެ ޢާންމު މަޖިިލީހަކީ ރާއްޖެއަށް ވަރަށް ތާރީޚީ މަޖިލީހަކަށް ވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. މިގޮތުން ފާއިތުވި ތިން އަހަރު ރާއްޖެއިން ވަނީ ބައިނަލްއަޤްވާމީ ދުނިޔޭގައި މުހިންމުކަންދޭ ކަންކަމުގައި ފައިތިލަ ސާބިތުކޮށް ރާއްޖެއިން ޤަބޫލުކުރާ ކަންކަމާ ގުޅޭގޮތުން ވަކާލާތުކޮށްފައި ކަމަށާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަމުންދާ ބަދަލުތައް ކުޑަކުރުމަށް ރާއްޖެއިން އަންނަނީ އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުން ކަމުގައި ވެސް ރައީސް އޮފީހުން ބުނެއެވެ.

ނިއުޔޯކު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ސެޕްޓެންބަރު 28 ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *