Support Us

ގައުމީ އިނާމާ ބެހޭ ކޮމިޓީގެ މެމްބަރުންނާ ރައީސް ސޯލިހު ބައްދަލު ކުރައްވަނީ

ޤައުމީ އިނާމަށް 72، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް 270 ބޭފުޅަކު ކުރިމަތިލައްވައިފި

ޤައުމީ އިނާމަށް 72 ބޭފުޅަކު އަދި ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް 270 ބޭފުޅަކު މިއަހަރު ކުރިމަތިލައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން އަދި ބުނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ވަރަށް ގިނަ ބޭފުޅުން ފޯމު ހުށަހަޅުއްވާފައިވާތީ، ދެ މުނާސަބަތެއްގައި މި އިނާމު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފައިވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ޤައުމީ އިނާމާބެހޭ ކޮމިޓީއާ މިއަދު ބައްދަލުކުރައްވައި، ޤައުމީ އިނާމާއި ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމާބެހޭ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދަވާ ގޮތާ ބެހޭގޮތުން ކޮމިޓީގެ މެންބަރުންނާ މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ޤައުމީ އިނާމާބެހޭ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިހާ ގިނަ ޢަދަދެއްގެ ބޭފުޅުން ކުރިމަތިލެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ. މިކަމާ ގުޅޭ ގޮތުން ކޮމިޓީގެ ޚިޔާލު ހޯއްދެވުމަށްފަހު، އެއް ޖަލްސާއެއްގައި އެހާ ގިނަ ޢަދަދެއްގެ ބޭފުޅުންނަށް އިނާމު ނުދެއްވޭނެތީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގެ އިތުރުން، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައިވެސް މި އިނާމު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމައިފައިވާ ކަމުގައި ރައީސް އޮފީހުން ބުނެއެވެ.

ކޮމިޓީގެ ޗެއަރޕަރސަން އަނީސާ އަޙްމަދު ދެއްކެވި ވާހަކަފުޅުގައި، ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް މިހާރު ނިމުމަކާ ހިސާބަށް އައިސްފައިވާ ކަމުގައި ވިދާޅުވި ކަމަށާއި މިއީ ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ފުރުޞަތު ހުޅުވާލި ފުރަތަމަ ފަހަރު ކަމަށްވާތީ، ފޯމު ފުރިހަމަކުރެއްވުމުގައި ބައެއް ބޭފުޅުންނަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވިކަން ފާހަގަކުރެއްވިއެވެ. އެގޮތުން ފޯމާއެކު ހުށަހަޅުއްވަންޖެހޭ ބައެއް ލިޔެކިޔުންތައް އެބޭފުޅުންނަށް ހުށަހެޅުއްވިފައި ނުވާތީ އާއި، އަދި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ، މިފަދަ އިނާމެއް ލިބިވަޑައިގަތުން ޙައްޤު، ގިނަ ބޭފުޅުން ތިއްބެވުމާއެކު، ފޯމުގައި ހިމެނޭ އެކި ބައިތަކާ ގުޅޭގޮތުން އިތުރަށް ހޯދަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުއްވުމަށް އެބޭފުޅުންނަށް އިތުރު ފުރުޞަތެއް ދެއްވަން ކޮމިޓީން ނިންމަވައިފައި ކަމުގައި އަނީސާ އަޙްމަދު ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ދައުލަތުގެ މުއައްސަސާތަކުން ހުށަހަޅުއްވާފައިވާ ފޯމުތަކުގެ ތެރެއިން ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތަކާ ގުޅޭގޮތުން އިނާމާބެހޭ ކޮމިޓީން އެ މުއައްސަސާތަކާއި އަދި އަމިއްލަގޮތުން ނަން ހުށަހެޅުއްވި ބޭފުޅުންނާ ކޮމިޓީން އެކަންކަން ޙިއްޞާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *