Support Us

އަނގޮޅިތީމު ސްކޫލްގެ ޓީޗަރުންނާއި އިސްވެރިންނާ މެޑަމް ފަޒުނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަޙްމަދު ރ. އަނގޮޅިތީމު ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލްގެ ޓީޗަރުންނާއި ސްކޫލް ހިންގެވުމާ ހަވާލުވެ ތިއްބެވި އިސް ބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު އަނގޮޅިތީމު ސްކޫލަށް ކުރެއްވި މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކޮވިޑްގެ ދަތި ޙާލަތުގައިވެސް ޓީޗަރުން ކުދިންނަށް ކިޔަވާދެއްވުމަށް އާ ހުނަރުތައް ދަސްކޮށްގެންވެސް ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ވެސް އެކަމަނާ ވަނީ ހީވާގިކަމާއި އެކުވެރިކަމަކީ ކޮންމެ މަސައްކަތެއްގެ މާޙާއުލުގައި ވެސްް އަށަގެންނެވުން މުހިންމު ދެ ސިފަކަމުގައި ވިދާޅުވެފައެވެ.

މި ޒިޔާރަތުގައި އެކަމަނާ ވަނީ ގަނާކުރުމާ ބެހޭގޮތުންނާ، ޖިންސީ ގޯނާއަށް ހޭލުންތެރިކުރުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ދެ ވާހަކަފޮތް އެރަށު ސްކޫލްގެ ލައިބްރަރީއަށް ހަދިޔާކުރައްވާފައެވެ. އެކަމަނާ ވަނީ މުޖުތަމަޢުގައި ހިނގާ މިފަދަ ނޭދެވޭ ޢަމަލުތައް ހުއްޓުވުމަކީ މުޖުތަމަޢުގެ އެންމެންގެ ޒިންމާއެއްކަން ފާހަގަކުރައްވައި ކުޑަކުދިންނަށް ރައްކާތެރިކަމާއި އަޅާލުން ދިނުމަކީ އެންމެ މުހިންމު ކަންތައްކަމުގައި ވިދާޅުވެފައެވެ.

ސްކޫލްގެ އިސްވެރިން ވަނީ އެބޭފުޅުންނަށް ކިޔަވައިދިނުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ހިއްސާކުރައްވާފައެވެ. މިގޮތުން، ސްކޫލުން ދޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތަކާ ބޭނުންވާ ބައެއް ކަންތައްތައް ސްކޫލްގެ ފަރާތުން ވަނީ ހިއްސާކުރައްވާފައެވެ.

އަނގޮޅިތީމު ސްކޫލަކީ 99 ދަރިވަރުންނަށް ގްރޭޑް 1 އިން 10 އާ ހަމަޔަށް ކިޔަވައިދެމުންދާ ސްކޫލެކެވެ.

މި ބައްދަލުކުރެެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އަނގޮޅިތީމު ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވާ އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *