Support Us

އަމީނިއްޔާ، އިސްކަންދަރު، އަރަބިއްޔާ، ސީއެޗްއެސްއީ ހިމެނޭ ސަރަހައްދުގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް މަޝްވަރާކޮށްފި

އަމީނިއްޔާ، އިސްކަންދަރު، އަރަބިއްޔާ ސްކޫލާއި ސީއެޗްއެސްއީ ހިމެނޭ ސަރަހައްދުގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކޮށް އެ ސަރަހައްދަކީ ދަރިވަރުންނަށް އަމާން، ރައްކާތެރި ތަނަކަށް ހެދުމާ ބެހޭ ގޮތުން އެ ސްކޫލްތަކާއެކު ފުލުހުން މިއަދު މަޝްވަރާކޮށްފިއެވެ.

ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި ގަލޮޅު ޕޮލިސްއާއި އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުންގެ އިތުރުން ސްކޫލުތަކުގެ އިސް ވެރިންނާއެކު އަމީނިއްޔާ ސްކޫލުގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި، އެ ސްކޫލުތައް ކައިރީގައި މިހާރު ދިމާވަމުންދާ ތަފާތު މައްސަލަތައް ދެނެގަނެ އެކަންކަން ހައްލު ކުރުމަށް ފުލުހުންނާއި ސްކޫލުތައް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރިއެވެ.

އެގޮތުން، ސްކޫލް ފެށޭ ގަޑިއާއި ނިމޭ ގަޑިތަކުގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދިއުމާއި ސިމެންތި އަދި ދަގަނޑު ފަދަ ތަކެތި ބަހައްޓާފައި ހުންނަ މައްސަލަ ސްކޫލްތަކުން ފާހަގަކުރިއެވެ. އަދި ސްކޫލު ގޭޓު ކުރިމަތީގައި އުޅަނދުފަހަރު ޕާކުކޮށްފައި ހުންނަ މައްސަލައާއި ބައެއް ބެލެނިވެރިން ދަރިވަރުންނާއެކު ސައިކަލުގައި ސްކޫލު ގޭޓު ކުރިމަތީގައި ތިބުމުން ދިމާވާ މައްސަލަތައް ވެސް ހިއްސާކުރިއެވެ. އަދި އެ މައްސަލަތައް ހައްލުކުރުމަށް ބެލެނިވެރިން ހޭލުންތެރިކުރުވައި ފުލުހުންނާއި ސްކޫލުތައް ގުޅިގެން މަސައްކަތްކުރުމަށް ވެސް މަޝްވަރާކުރިއެވެ.

ސްކޫލު ފެށޭގަޑި އާއި ނިމޭ ގަޑިތަކުގައި ޓްރެފިކް ފުލުހުން އެ ސަރަހައްދުގެ ޓްރެފިކް ފްލޯ ބެލެހެއްޓުމުގައި އަމަލު ކުރަމުންދާ ގޮތުގެ މައުލޫމާތު ފުލުހުން ވަނީ ހިއްސާކޮށްފައެވެ. އަދި ގަވާއިދާ ހިލާފަށް ސްކޫލު ސަރަހައްދުގައި ޕާކު ކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުމުގެ މަސައްކަތް ކުރަމުންދާނެ ކަމާއި ސްކޫލު ސަރަހައްދަށް ހަތަރު ފުރޮޅުލީ އުޅަނދު ވަދެ ޕާކު ނުކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ކުރުމުންދާ ކަމުގައި ޓްރެފިކް ޕޮލިސްގެ ފަރާތުން ފާހަގަކުރިއެވެ.

އޭގެ އިތުރުން، ސްކޫލުތަކުގެ ދަރިވަރުންނަށް ކުރިއަށް ގެންދާ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާކަމާ އަދި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ބެލެނިވެރިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވެސް މަޝްވަރާކުރިއެވެ.

އެ ބައްދަލުވުމުގައި،

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *