Support Us

ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ދެ ލަވްބަރޑްގެ ވެރިފަރާތް ހޯދަނީ

ގަލޮޅުގެ ސަރަހައްދަކުން ފެނިގެން ގެންގޮސްފައިވާ ވެރިއަކު ނެތް ދެ ލަވް ބަރޑް ހިމެނޭ ގޮތަށް، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނީ އެ ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށާއި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި ބައެއް ތަކެއްޗަކީ ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި:

  • އޮގަސްޓު 7 ވަނަ ދުވަހު ހުޅުމާލެ ފަޅުތެރެއިން ފެނިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ އެސްއެސް ނަގިއްޔެއް. އިންސިޑެންޓް ނަންބަރ 494319
  • ސެޕްޓެމްބަރ 2 ވަނަ ދުވަހު މއ. އާނުވެލި ކަރިން ފެނިފައިވާ ޑެކަރ ބްރޭންޑުގެ ބެޓެރި ބުރުމާއެއް. އިންސިޑެންޓް ނަންބަރ 496896
  • ސެޕްޓެމްބަރ 4 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ ޕަވަރ ސަޕްލައި. އިންސިޑެންޓް ނަންބަރ 497048
  • ސެޕްޓެމްބަރ 6 ވަނަ ދުވަހު ގަލޮޅު ސަރަހައްދުން ގެނެސްފައިވާ ވެރިއަކު ނެތް ދެ ލަވް ބަރޑް. އިންސިޑެންޓް ނަންބަރ 497227
  • ސެޕްޓެމްބަރ 7 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނައި ދެ މީހެއްގެ އަތުން ފެނިފައިވާ ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ފަސް ކޭސް ނެސްކެފޭ. އިންސިޑެންޓް ނަންބަރ 497455

"މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ. ނަމަވެސް މި ތަކެތީގެ ވެރިފަރާތުން މި ތަކެއްޗާ ހަވާލުނުވެއްޖެ ނަމަ ނުވަތަ ވެރިފަރާތް ނޭނގިއްޖެ ނަމަ، އެ ތަކެއްޗާމެދު އަމަލުކުރާނެ ގޮތެއް ފުލުހުންގެ ބަޔާނުގައެއް ނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *